
ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ---- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
ހުޅުމާލެ ފޭސް 2 ގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް

ޝުރުފާ މުހައްމަދު - 06 ޖުލައި 2024 - 18:14
ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.
"ގޯ ގްރީން" އިވެންޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިޢާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗް.ޑީ.ސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިގު ވަނީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ޤައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ފާހަގަކުރައްވާ "ގޯ ގްރީން" މަޝްރޫޢަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބާރުއަޅާނެ ފުރިހަމަ ޕްރޮގްރާމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ. ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ގޮވާލާ ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު
ރަސްމިއްޔާތުގެ ތެރެއިން ރަސްމިއްޔާތުގެ ބައިވެރިން ވަނީ ހުޅުމާލޭގައި ގަސް އިންދުމުގެ މަޝްރޫޢު ފަށާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ މިނިސްޓަރ ތޯރިގު އިބްރާހީމްއެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައި ވާއިރު މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.
"ގޯ ގްރީން" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކްލީން މޯލްޑިވްސްގެ ބާނީއާއި އިވެންޓްގެ ސްޕޮންސަރުންގެ އިސް ބޭފުޅުންނާއި ސްކޫލު ދަރިވަރުންނާއި އެކި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން