logo
މީރާގެ ކޮބާ ރަސީދު ކެމްޕެއިން

މީރާގެ ކޮބާ ރަސީދު ކެމްޕެއިން

"ކޮބާ ރަސީދު" މީރާ އިން ކެމްޕެއިން ފަށައިފި

profile

އަހުމަދު ޒަލީފު - 14 ޖެނުއަރީ 2023 - 09:43

1 ޖަނަވަރީއިން ފެށިގެން ޖީއެސްޓީގެ އަގުތަކަށް އައި ބަދަލަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން, އަގުހުރި ފައިސާގެ އިނާމްތަކަކާއި އެކީގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ކޮބާ ރަސީދު" ކެމްޕެއިން ފަށައިފިއެވެ.

https://wamco.com.mv/

1 ޖަނަވަރީއިން ފެށިގެން ޖީއެސްޓީ ވަނީ 6% އިން 8%އަށް ބަދަލުކޮށްފައިއެވެ.

މީރާ އިން ބުނީ މިދިޔަ ނޮވެމްބަރމަހު 22 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލާއި ގުޅިގެން ވިޔަފާރިތަކަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް މީރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މީރާއިން ވަނީ ގިނަ ރަށްތަކުގައި ވިޔަފާރިތަކަށް ޖީއެސްޓީ ނަގާ ރޭޓު ބަދަލުވުމާއި ގުޅިގެން މައުލޫމާތު ދިނުމާއި ޓެކުހާ ގުޅޭ މައުލޫމާތު ސެޝަންތަކެއް ނަގައިދީފައެވެ.

ވިޔަފާރިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން "މިއޮތީ ރަސީދު" ގެ ނަމުގައި މީރާއިން ވަނީ 2018 ވަނަ އަހަރުގައި ކެމްޕެއިން އެއް ކުރިއަށް ގެންގޮސް ފައިސާގެ އިނާމްވެސް ހަވާލުކޮށްފައިއެވެ.

މި ކެމްޕެއިންގައި ބައިވެރިވެގެން އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވާ ފަރާތަކަށް 30000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި ކޮންމެ މަހަކު ރަސީދު ފޮނުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވެއެވެ.

"ކޮބާ ރަސީދު" ކެމްޕެއިންގެ ބޭނުމަކީ ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުންގެންދަނީ ރަނގަޅަށްތޯ ބެލުމަށެވެ. ހަމައެއާއިއެކު ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް ބާރުއަޅުވާ ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ރަސީދު ހޯދުމަށް ބާރުއެޅުން ކަމަށް މީރާއިން މަޢުލޫމާތު ދެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay