
ސައިކަލްތަކެއްގައި ސްޓިކާރ ޖަހަނީ
ޖޫރިމަނާގެ ގޮތުގައި ފަސް ދުވަހުން ތިންލައްކަ ރުފިޔާ!

އަހުމަދު ޒަލީފު - 12 ޖެނުއަރީ 2023 - 09:36
ފިނޭންސް މިނިސްޓްރީން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި ޖޫރިމަނާ ކޮށްގެން،3 ލައްކަ ރުފިޔާގެ އާމްދަނީއެއް ދަޢުލަތަށް ހޯދައިފިއެވެ.
ޖޫރިމަނާކޮށްގެން ދަޢުލަތަށް ފައިސާ ހޯދުމުގައި މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 5 ދުވަހު ތެރޭގައި ދަޢުލަތަށް 1.8 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.
ޖޫރިމާކޮށްގެން އެންމެ ގިނައިން އާމްދަނީ ހޯދަނީ، އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖަހައިގެންނެވެ. ދަޢުލަތުން ކޮންމެ އަހަރަކަށް ލަފާ ކުރާ ބަޖެޓުގައިވެސް ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް ލިބޭނެ މިންވަރު އަންދާރާ ކޮށްފައިވެއެވެ. އެގޮތުން 82.7 މިލިއަން ރުފިޔާ މިއަހަރު ލިބޭނެ ކަމަށް ދަޢުލަތުން އަންދާޒާކޮށްފައިވެއެވެ.
މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް ލަފާކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނުއިރު ޖޫރިމަނާގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައި ވެއެވެ.
އެއްގަމު އުޅަނދުތަކުގައި ސްޓީކާ ޖަހައިގެން ފައިސާ ނުހޯދާނެ ކަމަށާއި، ސްޓިކާރ ޖަހާނީ ޕާކް ކުރާނެ ތަންތަން ދައްކާފައި ކަމަށް، ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު އޭރު ވިދާޅުވިއެވެ. ކެމްޕެއިން ދުވަސްވަރު މިހެން ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑައިގެން، ޖޫރިމަނާގެ ފީގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދަޢުލަތަށް ބޮޑު އާމްދަނީއެއް ހޯދަމުންދާކަން ފާހަގަ ކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެންވެސް ދޫކޮށްލައިފި
3 އަހަރު ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބޮޑު ރަތްކޮތަޅެއްގެ ވެރިފަރާތް ހޯދަނީ
3 އަހަރު ކުރިން

"މިރޭ 12 ން ފެށިގެން ޓެކްސް ބޮޑުވާނެ"
3 އަހަރު ކުރިން

ފެށޭ އަހަރުން ފެށިގެން އުޅަނދުފަހަރުގެ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓްގެ ޕޯޓަލުން
3 އަހަރު ކުރިން


