logo

ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި 15 ދޫކޮށްލައިފިއެވެ.

profile

ޔޫޝައު ހަސަން - 27 ޑިސެމްބަރު 2022 - 07:25

ރޭގެ މުޒާހަރާގެ ތެެރެއިން މީހުން ހައްޔަރުކުރަނީ —-

ރޭގެ މުޒާހަރާގެ ތެެރެއިން މީހުން ހައްޔަރުކުރަނީ —-

ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިން ހައްޔަރުކުރި އެންމެންވެސް ދޫކޮށްލައިފިއެވެ.

https://wamco.com.mv/

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި ރޭގެ މުޒާހަރާއިން 15 މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށާއި މިހާރު އެ އެންމެވެސް ދޫކޮށްލައިފައި ވާކަމުގައެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ރޭގެ މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މުޒާހަރާގެ ތެެރެއިން ބޮޑެތި ހަމަނުޖެހުންތައްވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވުމުންނެވެ. އެމަނިކުފާނުގެ މައްޗަށް ކުރެއްވި ޙުކުމް މިހާރުދަނީ މާފުށީ ޖަލުގައި ތަންފީޛުކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރ.އަތޮޅު ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އަންނަ ހަފްތާއަށް ވަނީ ތާވަލް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319