
ކްރިމިނަލް ކޯޓުދޮށުގައި ތިއްބެވި އިދިކޮޅު ލީޑަރޝިޕް ޓީމާއި ފުލުހުން ވާހަކަ ދައްކަވަނީ
ރައީސް ޔާމީންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު އިދިކޮޅު ލީޑަރޝިޕް ގެ ބޭފުޅުން އެ ކޯޓު ދޮށަށް އެއްވެއްޖެ

ޔޫޝައު ހަސަން - 26 ޑިސެމްބަރު 2022 - 06:29
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕް ގެ ބޭފުޅުން އެ ކޯޓުދޮށަށް އެއްވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އިއްޔެ އެ ކޯޓުން ވަނީ އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަރު ކޯޓު ކައިރިޔަށް ވަޑައިގެންނެވީ އިއްޔެ ޔާމީނަށް އިއްވި ހުކުމް ލިޔުމުން ނުލިބިގެން ކަމަށެވެ. އަދި ހުކުމް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުންވެސް އިއްޔެގެ ހުކުމް އިއްވުމުގެ މަޖިލީހުގެ ވީޑިއޯ ޑިލީޑް ކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ މެންބަރުން ހިމެނޭހެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވެސް ކޯޓުދޮށުގައި ތިއްބެވިކަން ފާހަގަކުރެވެއެވެ.
ލީޑާޝިޕްގެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މައްސަލައިގެ ޚުލާސާ ނުލިބި ލަސްވުމާއި މައްސަލައާއި ގުޅުންހުރި އިތުރު ކަންކަމާއި ބެހޭގޮތުން ކޯޓަށް ވަދެ މައުލޫމާތު ސާފު ކުރުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން