logo

ރައީސް ޔާމީންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ރޭގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އެއްވުމުގައި ހައްޔަރުކުރި އެންމެންވެސް ދޫކޮށްލައިފި

profile

ޔޫޝައު ހަސަން - 26 ޑިސެމްބަރު 2022 - 07:04

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިިން

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިިން

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން ބޭއްވި އެއްވުމުގެ ތެރެއިިން ހައްޔަރުކުރި އެންމެންވެސް ދޫކޮށްލައިފިއެވެ.

https://wamco.com.mv/

އާރަށް ކުއްޔަށް ދިން މައްސަލައިގައި އިއްޔެ އެ ކޯޓުން ވަނީ އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

މި ޙުކުމާއި މެދު ނުރުހުންވެ ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ރޭގައިވަނީ މަގުމަށްޗަށް ނުކުމެ އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ ނުރުހުން ފާޅުކޮށްފައިވެއެވެ.

ރޭގެ އެއްވުން ހައްޔަރުކުރި އެންމެންވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހަތަރު ގަޑިއިރު ބޭތިއްބުމަށް ފަހު ރޭގެ ފަތިހުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

ރޭގެ އެއްވުމުން ޖުމުލަ 16 މީހަކު ހައްޔަރުކޮށްފައިވާއިރު އިދިކޮޅު މުޒާހަރާ ހުއްޓުވަން ރޭ އެސްއޯ ފުލުހުންނާއި ސިފައިން ވެސް ނެރުނެވެ. އާންމުކޮށް މުޒާހަރާތައް ހުއްޓުވަން ސިފައިން ނެރުމަކީ ވަރަށް ނުކުރާ ކަމެކެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރ.އަތޮޅު ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އަންނަ ހަފްތާއަށް ވަނީ ތާވަލް ކޮށްފައެވެ.

https://wamco.com.mv/
tel:+9607331319