
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ޖެނުއަރީ 1ން ފެށިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށްކަމަށް އެ މިނިސްޓްރީން ބުނެފި

ޔޫޝައު ހަސަން - 31 ޑިސެމްބަރު 2022 - 16:44
ޖެނުއަރީ 1ން ފެށިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށްކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރިން ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގަންނަމުން ގެންދިޔަ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީއާއި ޖޫރިމަނާ ފީގެ ފައިސާ އާދީއްތަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" pay.transport.gov.mv މެދުވެރިކޮށް ކަމުގައި އެ މިނިސްޓްރީން ހޮނިހިރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.
ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމް މެދުވެރިކޮށް، އެ އުޅަނދެއް ނިސްބަތްވާ ކައުންސިލެއް މެދުވެރިކޮށެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ފެށުމާއެކު މި ފީތަކާއި ޖޫރިމަނާ ފައިސާ އެ އިދާރާއިން ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މިރާއިން ހާމަކުރެއެވެ. އެ އިދާރާއިން ބުނީ، ކުރިއަށް އޮތްތަނުގައި ވެހިކަލްތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމް މެދުވެރިކޮށް، އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް އެއްގަމުގެ އުޅަނދުގެ ފީއާއި ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ ދެއްކޭނެއެވެ.
ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


