logo
މީރާގެ ޓެކްސް ޕޭޔަރ ކައުންޓަރ

މީރާގެ ޓެކްސް ޕޭޔަރ ކައުންޓަރ

"މިރޭ 12 ން ފެށިގެން ޓެކްސް ބޮޑުވާނެ"

profile

އަހުމަދު ޒަލީފު - 31 ޑިސެމްބަރު 2022 - 07:56

މިރޭ 12 އިން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވާތީ ވިޔަފާރިތަކުން އެކަމަށް ތައްޔާރުވެ، ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

https://wamco.com.mv/

ޓެކްސްގެ މިންވަރަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ 'ފެކްޓް ޝީޓް' އެއް އެ އިދާރާގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

"އެކެއް ޖެނުއަރީ އިން ފެށިގެން މުދަލާއި ހިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީއެެސްޓީގެ އައު ރޭޓް ހިމަނައިގެން. އެހެން ނަމަވެސް އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަށް އުނދަގޫވާ ފަރާތްތަކުން ޖެނުއަރީގެ އެއްގެ ކުރިން ނަގާނެ އަގާއި ޖެނުއަރީގެ އެއްކެގެ ފަުން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާމެ." މީރާއިން ބުނެ އެވެ.

މީރާ އިން ބުނީ މިދިޔަ ނޮވެމްބަރމަހު 22 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލާއި ގުޅިގެން ވިޔަފާރިތަކަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް މީރާއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މީރާއިން އަންނަނީ އަތޮޅުތެރޭ ގިނަ ރަށްތަކުގައި ވިޔަފާރިތަކަށް ޖީއެސްޓީ ނަގާ ރޭޓު ބަދަލުވުމާއި ގުޅިގެން މައުލޫމާތު ދިނުމާއި ޓެކުހާ ގުޅޭ މައުލޫމާތު ސެޝަންތަކެއް ނަގައިދެމުންނެވެ. މީރާއިން ހާމަކުރި ގޮތުގައި މިހަފްތާތެރޭގައި ގދ. މާމެންދޫ، ފ. ބިލެއްފަހި، އދ. ދަނގެތީ. ނ. ވެލިދޫ އަދި މ. މުލީގައި މައުލޫމާތު ސެޝަންތަކެއް ބޭއްވޭނެއެވެ.


https://wamco.com.mv/
https://eportal.mwsc.com.mv/e-pay