
އީޔޫ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި މީގެކުރިން ފައްޔާޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ޤާނޫނީ ނިޒާމަށް އިސްލާހުތަކެއް ގެނެވިއްޖެ ކަމަށް އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ

އަހުމަދު ޔައީޝް - 14 ޑިސެމްބަރު 2022 - 09:59
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ޤާނޫނީ ނިޒާމަށް އިސްލާހުތަކެއް ގެނެވިއްޖެ ކަމަށް އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
'ބެލްޓް އެންޑް ރޯޑް' އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ޗައިނާ ގުޅިގެން ފެށި ބިޒްނަސް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދާއި ބެހޭ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިހާރު ރާއްޖެއަށް އިޤްތިސާދީ ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެހެން ނަމަވެސް، މި ހާލަތުން އަރައިގަނެވޭނެ ކަމަށެވެ. އެގޮތުން، ސަރުކާރުން އެކުލަވާލާފައިވާ ނެޝެނަލް ރިޒެލިއެންސް އެންޑް ރިކަވަރީ ޕްލޭނާ އެއްގޮތަށް ބޭރުގެ އިންވެސްޓްމަންޓުތައް ލިބިއްޖެނަމަ، އެކަމުން އަރައި ގަނެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ނެޝެނަލް ރިޒެލިއެންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމެނެނީ، ކުދި ވިޔަފާރިތަކުގެ ދައުރު ބޮޑުކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން ތަރައްޤީކުރުމުގެ އިތުރުން، އެކި ދާއިރާތަކަށް އިޤްތިސާދު ފަތުރާލުންފަދަ ކަންކަމެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ ފުރުސަތުތައް ފަހިކުރުމުގެ އިތުރުން، އިޤްތިސާދީ ހަރަކާތްތައް ލާމަރުކުރުމަކީވެސް އެ ޕްލޭނުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ، މިއިން ކޮންމެ ދާއިރާއެއްގައި ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަސް ކަމަށްވާއިރު، ޗައިނާއަށް މަސް އެކްޕޯޓްކުރާ މިންވަރު ދަށް. އުއްމީދަކީ މި ފޯރަމުން އެ ފުރުސަތު ބޮޑަށް ހުޅިވިގެން ދިއުން. [ އިޤްތިސާދީ ވަޒީރު ފައްޔާޒު]
މިއަދު ފެށިގެން ކުރިއަށްދާ ޗައިނާ-މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި އެކިއެކި ދާއިރާތަކުން ޗައިނާގެ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ބޮޑު ފަސޭހައަކަށް މި ފޯރަމް ވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ސަރުކާރުގެ ހަރު މުދަލާއި ހިއްސާ ވިއްކަންވާނީ ދެފުއްފެންނަ ބީލަމެއްގެ ތެރެއިން: ރައީސް ނަޝީދު
6 މިނިޓު ކުރިން

މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ: ހައްލު ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު ކާރިސާއެއް!
2 ދުވަސް ކުރިން
އީވާން ނަސީމްގެ މަރަކީ ޖަލުތަކުގެ ލާއިންސާނީ އަނިޔާ ހާމަވެ، އިސްލާހީ ބަދަލަށް މަގުފަހިކުރި ހާދިސާއެއް: ފައްޔާޒް
2 ދުވަސް ކުރިން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
3 ދުވަސް ކުރިން


