
"ރަސްމާލެ ވިއްކާލިޔަސް ހޯދާނަން، ގެއްލުމުގެ ބަދަލެއްވެސް ނުދޭނަން" – ރައީސް ޔާމީން

ރިޟްވާން މޫސާ - 14 ނޮވެމްބަރު 2026 - 07:16
ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ވިއްކިޔަސް އެ ބިން އަނބުރައި ހޯއްދަވާނެ ކަމަށާއި، އެކަމުގައި ގެއްލުމުގެ ބަދަލެއްވެސް ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ގައުމީ ހަރަކާތުން ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ރައްޔިތުންނާއި މުޙާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެއްވުމުގައި ބައިވެރިވެ އަޑު އުފުލަން އައީރައްޔިތެއްގެ ހައިސިއްޔަތުން ކަމަށާއި، ގައުމީ ލޭ ހިނގާހާ ހިނދަކު މިފަދަ ކަމެއް ސަރުކާރަކުން ކުރެއްވިޔަ ނުދެއްވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އަޑުއުފުލަން އެއްވެ ތިބީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ކުލައަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި، އެއީ ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން ކަމަށެވެ.
މިއީ ސިޔާސީ ބައިބައިވުމެއް ނެތް ގައުމީ އިއްތިހާދެއްގެ ފެށުން ކަމަށާއި، މި ނުކުތީ އެންމެން އަތުގުޅައިގެން ރާއްޖެއަކީ ފުރިހަމަ ސިޔާދަތީ ބާރު އޮތް ޤައުމަކަށް ހެދުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއްވެ ތިއްބެވި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ކުރިފުޅުމަތީގައި ރައީސް ޔާމީން ވަނީ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލް އައްބާރަށް ވެސް އިންޒާރުދެއްވާފަ އެވެ. އެގޮތުން މި ބިން ވިއްކާލައިފިކަމަށްވާނަމަ ދެން އަންނަ ސަރުކާރަކުން އެއްވެސް ބަދަލަކާއި ނުލައި ބިން އަނބުރާ ހޯއްދަވާނެ ކަމަށާއި، ގެއްލުމުގެ ބަދަލެއްވެސް ދައުލަތަކުން ނުނަންގަވާނެ ކަމަށެވެ.
"ﷲގެ ރަޙުމަތުން އަޅުގަނޑު ވިޔަސް އަދި އެމްޑީޕީ ވިޔަސް މިހާރު މި އޮތް ސަރުކާރު ނޫން އެހެން ބަޔަކު ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކޮށްފި ނަމަ ޝައްކެއް ވެސް ނެތް. އަލައްބާރު އަޑު އަހާ! ޒަޔަނިސްޓުން އަޑު އަހާ! ރަސްމާލެ ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން! އަދި އެއަށް އެއްވެސް ބަދަލެއް ވެސް ނުދޭނަން،" ރައީސް ޔާމީން
ފުލުހުންނާއި ސިފައިންގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މިއީ އެ ފަރާތްތަކުން ބަސްބުނަން ޖެހިފައިވާ ވަގުތު ކަމަށާއި، މި ކުށުގައި އެކަކުވެސް ބައިވެރި ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟
13 ގަޑިއިރު ކުރިން

ރަސްމާލެ ތަރައްގީކުރަން އެ އަންނަ އުޅެކީ ޖެނުއިން އިންވެސްޓަރުންނެއް ނޫން: މަތީން
16 ގަޑިއިރު ކުރިން

ރުގްޔާކޮށްގެން ވިޔަސް ރައީސް މުއިއްޒު ހަމައަކަށް އަޅުއްވައިދެއްވާ: ރައީސް ޔާމީން
ދުވަހެއް ކުރިން

ފުލުހުން އެދިވަޑައިގެންނެވި ގޮތަށް އެއްވުން ކުރިއަށްދާނީ ސުލްހަވެރިކަމާއެކު: އަލީ ހުސެއިން
ދުވަހެއް ކުރިން


