logo
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް / ފޮޓޯ: އަސްލު ޓީވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް / ފޮޓޯ: އަސްލު ޓީވީ

ރުގްޔާކޮށްގެން ވިޔަސް ރައީސް މުއިއްޒު ހަމައަކަށް އަޅުއްވައިދެއްވާ: ރައީސް ޔާމީން

profile

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2026 - 17:40

ރައީސް ޑރ މުހައްމަދު މުއިއްޒަށް ރުގްޔާކޮށްގެންވިޔަސް ުއެމަނިކުފާނު ހަމަ މަގަށް އަޅުވައިދެއްވައި ހެޔޮ ވިސްނުން ދެއްވުމަށް މަސައްކަތްކޮށްދިނުމަށް އެދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިލްމުވެރިންނަށް މިރޭ ގޮވާލައްވައިފި އެވެ.

https://wamco.com.mv/

ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސް އަށް ދިނުމާއި ދެކޮޅަށް ގައުމީ ހަރަކާތުން މިރޭ ކުރިއަށްގެންދިޔަ އެއްވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ޔާމީން ވަނީ އިލްމުވެރިންނަށާއި ރައީސް ޑރ މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަލާމާތުގެ ބަސްވެސް ރައްދު ކުރައްވާފަ އެވެ.

އެތައް ރައްޔިތުންތަކެއްގެ ކުރިފުޅުމަތީގައި ވާހަކަފުޅު ދައްކަވަމުން ބަހުގެ ހަމަލާއިން ރައީސް މުއިއްޒަށް އިޝާރަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ބިމުން އެންމެ ވެލިފުކެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ދިވެހި ބިމުން ބޭރުބަޔަކު މިއަދު 500 ހެކްޓަރު ދިރުވާލާފައިވާ ކަމަށެވެ.

"500 ހެކްޓަރު އެދޫކޮށްލީ. އެހެންވީމަ ވަކި ކަމެއްގައެއް ނޫން ދެއްތޯ އެ ދޮގުހައްދަވަނީ. ހުރިހާކަމެއްގައި ދޮގު ހައްދަވަނީ." ރައީސް ޔާމީން

ރައްޔިތުންގެ އިހުސާސްތަކާއި ރައީސް މުއިއްޒު އެހާ ކައިރިން ކުޅެލެއްވުމުން ދެން މަޑުން ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރަސްމާލޭގެ މައްސަލައިގައި އިލްމުވެރިން އަސްލު މައްސަލައިގެ މަސްދަރުގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުނުވާތީ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހައްތަހާވެސް އިލްމުވެރިން މި ވިދާޅުވަނީ މިއީ އިންވެސްޓްމެންޓެކޭ. އިލްމުވެރިން ތޯ އިންވެސްޓްމެންޓްގެ ވާހަކަ ދައްކަންވީ ނޫނީ އިގްތިސާދީ މީހުންތޯ އިންވެސްޓްމެންޓްގެ ވާހަކަ ދަައްކަންވީ ؟ ރައީސް ޔާމީން

އިންވެސްޓްމެންޓްގެ ވާހަކަ އިލްމުވެރިން ދައްކަވާތީ ރައީސް ޔާމީން ވަނީ އެވާހަކަ ދައްކަވަންޖެހޭނީ އިލްމުވެރިންތޯ ނުވަތަ އިގްތިސާދީ މީހުންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ރަސްމާލެ މައްސަލައިގައި އިލްމުވެރިންނަށް ޔަހޫދީންނާ އެކުގައި ދިވެހިން ވަޒަންވެރިވެ އެއްދާންކުރާކަން މިއީ މައްސަލައަކަށް ނުވޭ. ދެން ކޮން ބަޔަކަށްތޯ މައްސަލައަކަށް ވާންވީ؟ ރައީސް ޔާމީން

އިލްމުވެރިންނަށް ދީނީ ނަޒަރިއްޔާއިން ރަސްމާލެ އީގަލް ހިލްސްއަށް ދިނުން މައްސަލައަކަށް ވުމުގެ ބަދަލުގައި އިގްތިސާދީ ވާހަކަ ދައްކަވަމުންގެންދަވާތީ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިލްމުވެރިން އީގަލް ހިލްސް އަށް ބުރަވެ އިންވެސްޓްމެންޓްތައް ގެންނަ ވާހަކައިގެ ތެރެއިން ހުޅުމާލޭގައި 5000 ހައުސިންގ ޔުނިޓް ގާއިމްކުރާ ވާހަކަ ދައްކަމުންދާތީ ރައީސް ޔާމީން ވަނީ އެކަމަށް ވެސް ރައްދުދެއްވާފައެވެ. ހުޅުމާލޭގައި ނުހެދި ހުރީ ކިތައް ހައުސިންގ ޔުނިޓްތޯ ވިދާޅުވެ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީން ވަނީ އިލްމުވެރިންގެ ވާޖިބު އަދާކުރަން ބޭނުންފުޅުނުވާނަމަ ރުގްޔާކޮށްގެން ވިޔަސް ރައީސް މުއިއްޒު ހަމައަކަށް އަޅުވައިދިނުމަށް ގޮވާލައްވާފައެވެ.

ރަސްމާލޭގެ މައްސަލައަކީ ސިޔާސީ ގޮތުން އެއްވެސް ފައިދާއެއް ހޯދަން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްވެސް ރައްޔިތަކު ރަސްމާލެއިން ބިމެއް ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ޔަހޫދީންނަށް ދޭން ބޭނުންނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319