
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު / ފޮޓޯ: އަސްލު ޓީވީ
ދިވެހި ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ކުރެވޭނެ ވެރިކަމެއް ނޯންނާނެ: މައުރޫފް

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2026 - 16:48
ދިވެހި ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ކުރެވޭނެ ވެރިކަމެއް ނޯންނާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ޤައުމީ ހަރަކާތުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ދިވެހިންގެ ބިން ދިވެހިންނަށް އެއްވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށްޓަކައި، މާލޭގައި އެފަދަ ހަރަކާތްތައް ހިންގުމަށް ހުއްދަ ދޭނެ އިދާރާއެއް މިއަދު ފެންނަން ނެތް ކަމަށެވެ.
އާޓިފިޝަލް ބީޗުގައި މި އެއްވުން ބާއްވަން ނިންމުމުން، ހުއްދަ ނުނަގައި އެއްވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީ ފުލުހުން މެދުވެރިކޮށް ސަރުކާރުން ބަޔާނެއް ނެރުނު ނަމަވެސް، ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ވެރިކަން ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެއިން 99 އަހަރަށް ބިން ދޫކުރަނީ މުއްދަތު ހަމަވުމުން އަމިއްލައަށް އާވާ ގޮތަށް ކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، އެ އެއްބަސްވުމުގެ ތަފްސީލާއި ޝަރުތުތައް އަދިވެސް ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ސީދާ ލިބޭނެ މަންފާއެއް ބަޔާންކޮށްދޭން ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫޢާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު އަދި ބަންޑާރަ ނައިބު އަޙްމަދު އުޝާމްގެ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ހުރުމުން، އެ ބޭފުޅުންނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން، ބޭނުންހާ ގޮތަކަށް ރަސްމާލެ ދޫކޮށްލުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި، މި ސަރުކާރުން އީގަލް ހިލްސް ކުންފުންޏަށް އެ ބިން ދިނުން ހުއްޓައިލަންދެން އެކަމާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ
ގުޅުން ހުރި ޙަބަރުތައް

ރުގްޔާކޮށްގެން ވިޔަސް ރައީސް މުއިއްޒު ހަމައަކަށް އަޅުއްވައިދެއްވާ: ރައީސް ޔާމީން
6 ގަޑިއިރު ކުރިން

މުޢިއްޒު މަޙުމޫދު ޢައްބާސަށް ހަދައި، ޤައުމު އަލްއައްބާރު ކައިރީ ކުޑަކަކޫ ޖައްސަން ފުރުޞަތެއް ނުދޭނަން: އިމްރާން
7 ގަޑިއިރު ކުރިން

ޤައުމު އިތުރަށް ކުރިއަށް ގެންދިއުމުގެ ޤާބިލުކަމެއް، ޙިކުމަތެއް، މުޢިއްޒުގެ ކިބަޔަކު ނެތް: ޢަލީ ޙުސައިން
7 ގަޑިއިރު ކުރިން

އަލުން ވެރިކަން ލިބިއްޖެނަމަ ރަސްމާލެއިން ދޫކުރި ބިން އަނބުރާ އަތުލާނަން: ރައީސް ޔާމީން
8 ގަޑިއިރު ކުރިން


