logo
ޝެއިޚް އިމްރާން، ޤައުމީ ހަރަކާތުން އިންތިޒާމުކޮށްގެން "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި, ފޮޓޯ: އަސްލުޓީވީ

ޝެއިޚް އިމްރާން، ޤައުމީ ހަރަކާތުން އިންތިޒާމުކޮށްގެން "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި, ފޮޓޯ: އަސްލުޓީވީ

މުޢިއްޒު މަޙުމޫދު ޢައްބާސަށް ހަދައި، ޤައުމު އަލްއައްބާރު ކައިރީ ކުޑަކަކޫ ޖައްސަން ފުރުޞަތެއް ނުދޭނަން: އިމްރާން

profile

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 17:34

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ ފަލަސްޠީނުގައި މަޙުމޫދު ޢައްބާސް ހުންނެވި ފަދައިން، އަމިއްލަފުޅަށް އެފަދަ ބޭފުޅަކަށް ވެވަޑައިގެން ބޭރުގެ ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުގެ ކުރިމަތީގައި ރާއްޖެ ކުޑަކަކޫ ޖައްސުވަން ކަމަށާއި، ނަމަވެސް އެ ފުރުޞަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝެއިޚް އިމްރާން މިހެން ވިދާޅުވީ، ޤައުމީ ހަރަކާތުން އިންތިޒާމުކޮށްގެން "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

ވިއްސާރަވެ، މޫސުން ގޯސްވި ނަމަވެސް އަދި ފުލުހުންގެ އެކި އިންޒާރުތަކާ އެކުވެސް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވާ ކަމަށާއި، އިމްރާން ވިދާޅުވީ، ރައީސް މުޢިއްޒު ހިންގަވަން އުޅޭ "ޖަރީމާ" ހިންގައިފިނަމަ، ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރާނެ ޤައުމެއް ވެސް ކުރިއަށް އޮތްތަނުގައި ނޯންނާނެ ކަމަށެވެ.

"މުޢިއްޒު ހިންގަން އުޅޭ ޖަރީމާ ހިންގުމަށް ފަހުގަ ތިބޭފުޅުން ސިޔާސީ މަސައްކަތްކުރާކަށް މި ޤައުމެއް ނޯންނާނެ. މި ޤައުމަކު ސިޔާސީ ޕާޓީއެއް ނޯންނާނެ. ސިޔާސީ ލީޑަރެއް ނުހުންނާނެ. އޭރުން މިތާގަ ހުންނާނީ ފަލަޞްޠީނުގަ އޮތްހެން މަޙުމޫދު ޢައްބާސް. މުޢިއްޒު މަޙުމޫދު ޢައްބާސްއަކަށް ހަދާފަ، އަލައްބާރު ކައިރީ ކުޑަކަކޫޖައްސާ ވައްޓާފަ ދެން އެ ކުރާ ކަމެއް ކުރާނީ،" އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި، މިވަގުތު ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ޕާޓީ ވާދަވެރިކަން އަދި ކެމްޕޭންތައް މަޑުޖައްސާލުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ގޮވާލެއްވިއެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވާ ފަދައިން، ކުރިއަށް އޮތް އިންތިޚާބުތައް އެމްޑީޕީން ކާމިޔާބު ކުރިޔަސް ނުވަތަ ޕީއެންއެފުން ކާމިޔާބު ކުރިޔަސް، މި މައްސަލައިގައި ޤާނޫނާ ޚިލާފަށް ކަންކަން ކޮށްފައިވާ ހިސާބަކުން އެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސް މުޢިއްޒަށް މި ޤައުމަކީ "ޑޮލަރުން ގުނޭ އެއްޗަކަށް" ވެދާނެ ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންނަށް މި ޤައުމަކީ 3،700 އަހަރުގެ ދިގު ތާރީޚަކާއި، 30 ޖީލުގެ މަތިވެރި އިސްލާމީ އަޤީދާއާއި އަޚްލާޤު ކަމުގައި އިމްރާން ފާހަގަކުރެއްވިއެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމުގެ ބާކީ އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ވަޙްދަތަށާއި މިނިވަންކަމަށް ގޮންޖެހުމެއް ގެނެވިދާނެ ކަމަށް ހީފުޅުކުރެއްވުމަކީ ކުށްހީއެއް ކަމަށާއި، އެކަން ހަމަހިލާ ވިޔަނުދޭނެ ކަމަށް ވިދާޅުވިއެވެ.

މި އެއްވުމަކީ އެއްވެސް ސިޔާސީ މަންފާއަކަށް ބޭއްވި އެއްވުމެއް ނޫން ކަމަށާއި، މިއީ ވަޠަނާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި އަދި ރައީސް މުޢިއްޒާއި ވިޔަފާރިވެރިޔާ އަލައްބާރަށް "ނޫނެކޭ" ބުނުމަށް ރައްޔިތުން ނުކުތް ނުކުތުމެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އެންމެހާ ސިޔާސީ ލީޑަރުންނާއި ލޮބުވެތި ރައްޔިތުން ޤައުމުގެ ދިފާޢުގައި އެކަތިގަނޑަކަށް ވުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319