
ރަސްމާލެ ތަރައްގީކުރަން އެ އަންނަ އުޅެކީ ޖެނުއިން އިންވެސްޓަރުންނެއް ނޫން: މަތީން

ރިޟްވާން މޫސާ - 14 ނޮވެމްބަރު 2026 - 08:07
ދިވެހި ސަރުކާރުން ރަސްމާލޭގެ 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދުބާއީގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އަށް ދިނުމާއި ގުޅޭގޮތުން އެ ކުންފުންޏަކީ މިފަދަ މަޝްރޫއުތައް ކުރިއަށްގެންދާ ވަރުގެ ޖެނުއިން ކުންފުންޏެއް ނޫން ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން ވިދާޅުވެއްޖެ އެވެ.
ރަސްމާލެގެ މައްސަލަ އާއި ގުޅޭގޮތުން މީޑިޔާތަކުން ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ ދުބާއީގެ ކުންފުންޏަކީ އެގައުމުގައި ވެސް އަދި އެހެން ގައުމުތަކުގައިވެސް މަޝްރޫއުތައް ހިނގާކަމަށް ނަން ކިޔާ ކުންފުޏެއް ކަމަށާއި، ނަމަވެސް ރާއްޖޭގެ ރަސްމާލެ ތަރައްގީކުރަން ޖެނުއިން ކުންފުންޏެއް ނޫން ކަމަށެވެ.
މަތީން ވިދާޅުވީ ރަސްމާލޭގެ މައްސަލަ އަށް ދިވެހި ރައްޔިތުން ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށާއި، އެއަޑު ސާފުކޮށް އެ ކުންފުނީގެ ވެރިންނަށް ވެސް އަޑު އިވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ބޮޑެތި މަޝްރޫއުތަކުގައި ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކު ވިދާޅުވެލައްވާ ކަމަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެބުނެ ހުއްޓައި އެފަދަ މަޝްރޫއެއް ނުހިންގަވާނެ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަންފަތުރަމުން އަންނަ ޔަހޫދީ ޒަޔަނިސްޓުންނަށް އިޝާރާތް ކުރައްވައި މަތީން ވިދާޅުވީ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަކީވެސް އެފަދަ ބޭފުޅެއް ކަމަށާއި، އެއީ މިފަދަ އިންވެސްޓް ހިންގާފަދަ ޖެނުއިން ކުންފުންޏެއް ނޫން ކަމަށެވެ.
މަތީން ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ބޭނުންފުޅުވާނީ ދިވެހި ރާއްޖެ ތަރައްގީކޮށް ރާއްޖެ މުއްސަނދި ގައުމަކަށް ހައްދަވަން ނޫން ކަމަށާއި، އެ ކުންފުނިން ބޭނުންވާނީ މި ރާއްޖޭގައި އޮތް އަމަން އަމާން ކަން ނައްތާލައި މި ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފުނޑާލަން ކަމަށެވެ. އަދި އެފަދަ ކަންކަން އެ ކުރައްވަނީ ދުރާލައި ރޭވިގެން ކަމަށާއި، އެކަންކަން ރާއްޖޭގައި ވިޔަ ނުދިނުމަށް އެންމެހައި ރައްޔިތުން އަޑު އުފުލަންޖެހޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟
13 ގަޑިއިރު ކުރިން

"ރަސްމާލެ ވިއްކާލިޔަސް ހޯދާނަން، ގެއްލުމުގެ ބަދަލެއްވެސް ނުދޭނަން" – ރައީސް ޔާމީން
17 ގަޑިއިރު ކުރިން

ފުލުހުން އެދިވަޑައިގެންނެވި ގޮތަށް އެއްވުން ކުރިއަށްދާނީ ސުލްހަވެރިކަމާއެކު: އަލީ ހުސެއިން
ދުވަހެއް ކުރިން

ހަތަރުވަނަ އޯޑީއައި މެޗުގައި 244 ރަނުގެ ތަފާތަކުން ނިއުޒީލެންޑުން އިންޑިއާގެ މައްޗަށް ކުރިހޯދައިފި
ދުވަހެއް ކުރިން


