
މައުންޓް މައުންގަނުއީގެ ބޭ އޯވަލްގައި ހުކުރު ދުވަހު ކުޅުނު ހަތަރުވަނަ އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓް މެޗުގެ ތެރެއިން
ހަތަރުވަނަ އޯޑީއައި މެޗުގައި 244 ރަނުގެ ތަފާތަކުން ނިއުޒީލެންޑުން އިންޑިއާގެ މައްޗަށް ކުރިހޯދައިފި

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 12:45
މައުންޓް މައުންގަނުއީގެ ބޭ އޯވަލްގައި ހުކުރު ދުވަހު ކުޅުނު ހަތަރުވަނަ އެއްދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓް މެޗުގައި، އިންޑިއާގެ މައްޗަށް 244 ރަނުގެ ބޮޑު ތަފާތަކުން ނިއުޒީލޭންޑް ކުރިހޯދައިފިއެވެ.
މެޗުގައި ފުރަތަމަ ކުޅެން އަރައި، ނިއުޒީލޭންޑުން ވަނީ ކަނޑައެޅިފައިވާ 50 އޯވަރުގެ ތެރޭގައި 333 ރަނުގެ ބޮޑު ސްކޯއެއް ހަދާފައެވެ. މި އިނިންގްސްގައި އެންމެ ފާހަގަކޮށްލެވެނީ 108 ބޯޅައިން 125 ރަން ހަމަކޮށް ވިލް ޔަންގް ހެދި މޮޅު ސެންޗަރީއެވެ. މީގެ އިތުރުން ޓިމް ސައިފާޓް 58 ރަން ހޯދައިދިންއިރު، ފިން އެލަން ވަނީ 41 ރަން ހަދާފައެވެ.
ނިއުޒީލޭންޑުގެ ލަނޑުދަނޑި ފަހާލުމަށް އިންޑިއާ ކުޅެން އަރައި، އެ ޓީމަށް ނިއުޒީލޭންޑުގެ އުކުންތެރިންނާ ދެކޮޅަށް އެދެވޭ ކުޅުމެއް ނުދެއްކި 26.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 89 ރަނެވެ.
ނިއުޒީލޭންޑުގެ ފާސްޓް ބޯލަރު މެޓް ހެންރީ ވަނީ 27 ރަނަށް 6 ވިކެޓް ނަގައި، އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ ތެރޭގައި މެޗުގެ ފުރަތަމަ އޯވަރުގައި އޭނާ ނެގި ތިން ވިކެޓް ހިމެނެއެވެ. މީގެ އިތުރުން މެތިއު ފިޝާ ވަނީ ތިން ވިކެޓް ނަގާފައެވެ.
މި މެޗުން ބަލިވި ނަމަވެސް، ފަސް މެޗުގެ މި ސީރީޒްގައި އިންޑިއާ އަދިވެސް އޮތީ 1-2 އިން ކުރީގައެވެ. ސީރީޒްގެ ފަސްވަނަ އަދި ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 15 ވާ އާދިއްތަ ދުވަހު ހަމަ އެ ދަނޑުގައެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮޅު އުކުންތަކެއް ދެއްކި މެޓް ހެންރީއެވެ.
ގުޅުން ހުރި ޙަބަރުތައް

ޝްރައްދާ ކަޕޫރުގެ ފިލްމު 'އީތާ' އަށް ސަލްމާން ޚާން ހެޔޮއެދުންތައް
2 ގަޑިއިރު ކުރިން

ސިޑްސްގެ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް 46 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ: މެތިއު ކޫޕަރ
2 ގަޑިއިރު ކުރިން

ބޯލްޓިކް ކަނޑުގައި އޮތް ރަޝިއާގެ މަނަވަރަކަށް ހަމަލާދީފި
2 ގަޑިއިރު ކުރިން

ސަރުކާރުން ބޭނުން ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ: ޑރ ދީދީ
2 ގަޑިއިރު ކުރިން


