logo

ސަރުކާރުން ބޭނުން ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ: ޑރ ދީދީ

profile

ރިޟްވާން މޫސާ - 13 ނޮވެމްބަރު 2026 - 12:40

ސަރުކާރު މިވަގުތު ހިންގަންތިއްބެވި ވެރިން އެ ފަރާތުން ބޭނުންހައި ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރަސްމާލގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ވިއްކާލުމާއި ގުޅޭގޮތުން ދިވެހިންގެ ބިން ދިވެހިންނަށް މިނަމުގައި މީޑިޔާތަކުން ކުރިއަށް ގެންދިޔަ ތެލެތޯން ޝޯގައި ވާހަކަފުޅު ދައްކަވަމުން ޑރ ދީދީ ވިދާޅުވީ އެބަޔަކު އަމިއްލަ ގޮތަކަށް ފަރުމާ ކޮށްގެން އަމިއްލަ ބޭނުމަށް އުފައްދާ ގާނޫނަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ރަސްމާލޭގެ މައްސަލަ އާއި ގުޅޭގޮތުން ވަރަށްގިނަ ގާނޫނީ ވާހަކަތަކެއް ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އަމާޒުވަމުން އަންނަ ކަން ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ އަދުލު އިންސާފާއި ހަމަހަމަ ކަމަކީ ހަމައެކނި ވަކިބަޔަކަށް އޮތް ނުވަތ ވަކީ ފަރުދަކު ބޭނުންހައި ގޮތަކަށް ބައްޓަން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދީދީ ވިދާޅުވީ އެޓާނީ ޖެނެރަލްއާ ގުޅިގެން ސަރުކާރުން އެބަޔަކު ބޭނުންގޮތަކަށް ގާނޫނު ހަދައިފި ކަމަށާއި، އެ ގާނޫނުތަކަށް ދާން ބޭނުންފުޅު ނުވާ ކަމަށެވެ.

ދީދީ ވިދާޅުވީ ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކަށް ލާޒިމުވާ ކަމަށާއި، ނަމަވެސް މިއަދު ފެނިގެންދަނީ މުޅިން މިފަދަ ރައްޔިތުންގެ ހައްގުތަކާއި ހިލާފަށް އަމަލުކުރަމުންދާ މައްސަލަ ކަމަށެވެ.

https://wamco.com.mv/
tel:+9607331319