
ބޯލްޓިކް ކަނޑުގައި އޮތް ރަޝިއާގެ މަނަވަރަކަށް ހަމަލާދީފި

ރިޟްވާން މޫސާ - 13 ނޮވެމްބަރު 2026 - 12:43
ބޯލްޓިކް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިއާގެ މަނަވަރަކަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ފިންލޭންޑުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ގަލްފް އޮފް ފިންލޭންޑް ސަރަހައްދުގައި އޮތް ރަޝިއާގެ ހަނގުރާމަމަތީ ކުޑަ އުޅަނދަކަށް ދިން ހަމަލާއެއްގެ ޒިންމާ ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން އުފުލާފައިވާ ކަމަށާއި، އެ ހަމަލާ ފާހަގަކުރެވި މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށް ފިންލޭންޑުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ފިންލޭންޑް އަސްކަރިއްޔާގެ ތަރުޖަމާނަކު ރޮއިޓަރސް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގަލްފް އޮފް ފިންލޭންޑް ސަރަހައްދުގައި އޮތް ރަޝިއާގެ ހަނގުރާމަމަތީ އުޅަނދަކަށް ދެވުނު ހަމަލާ އެ ގައުމުގެ އަސްކަރިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށާއި، މި ކަމާ ގުޅިގެން މަސްރަހު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ސަބަބުން ފިންލޭންޑަށް އަސްކަރީ ސީދާ ނުރައްކަލެއް ނެތް ނަމަވެސް، ހަމަލާ އަމާޒުވި އުޅަނދު މިހާރު ރަޝިއާއަށް ގެންގޮސްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ރަޝިއާގެ ސަރަހައްދުން ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޑްރޯން ވައްޓާލައި އަދި އަވަށްޓެރި ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދަށް ޑްރޯންތައް ވަނުމުގެ ހާދިސާތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
މި ހަމަލާގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ރަޝިއާގެ ލެނިންގްރާޑް ސަރަހައްދުން ޔޫކްރެއިންގެ 146 ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.
ބުދަ ދުވަހު އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާގެ ވައިގެ ސަރަހައްދަށް ޑްރޯންތަކެއް ވަނުމާ ގުޅިގެން ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައި، ވިލާތުގެ ގައުމުތަކުގެ ދިފާއީ އިއްތިހާދު، ނޭޓޯގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަނީ ހަރަކާތްތެރިވެފައެވެ.
ރަޝިޔާގެ 'ޓާސް' ނޫހުން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އަސީރުން ބަދަލުކުރުމުގެ މަރުހަލާ ފެށިގެންދާނެއެވެ.
އެމެރިކާއިން ބުނީ، މިއީ މި ހަނގުރާމައިގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް އަސީރުން ބަދަލުކުރެވޭ ފަހަރަށް ވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކު އަލުން އެމީހުންގެ އާއިލާތަކާ ބައްދަލުވުމުގެ އުފާ ލިބޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަތަރުވަނަ އޯޑީއައި މެޗުގައި 244 ރަނުގެ ތަފާތަކުން ނިއުޒީލެންޑުން އިންޑިއާގެ މައްޗަށް ކުރިހޯދައިފި
2 ގަޑިއިރު ކުރިން

ޝްރައްދާ ކަޕޫރުގެ ފިލްމު 'އީތާ' އަށް ސަލްމާން ޚާން ހެޔޮއެދުންތައް
2 ގަޑިއިރު ކުރިން

ސިޑްސްގެ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް 46 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ: މެތިއު ކޫޕަރ
2 ގަޑިއިރު ކުރިން

ސަރުކާރުން ބޭނުން ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ: ޑރ ދީދީ
2 ގަޑިއިރު ކުރިން


