
އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުމެވަޑައިގަންނަވަނީ
ފުލުހުން އެދިވަޑައިގެންނެވި ގޮތަށް އެއްވުން ކުރިއަށްދާނީ ސުލްހަވެރިކަމާއެކު: އަލީ ހުސެއިން

ރިޟްވާން މޫސާ - 13 ނޮވެމްބަރު 2026 - 14:23
ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާއި ދެކޮޅަށް އަޑު އުފުލުމަށް މިރޭ ބާއްވާ އެއްވުމުގައި އެއްވެސް ރައްޔިތަކަށް އުނދަގޫ ވާނެ ފަދަ ކަމެއް ނުހިނގާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގައުމީ ހަރަކާތުގެ ސްޕޯކްސް ޕާސަން އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ގައުމީ ހަރަކާތުން އިސްނަގައިގެން ދިވެހިންގެ ބިން ދިވެހިންނަށް މި ނަމުގައި މިރޭ ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅޭގޮތުން އަލީ ހުސެއިން ވަނީ މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނުކުމެވަޑައިގެން "އަސްލުޓީވީ" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އަލީ ހުސެއިން ވިދާޅުވީ ގައުމީ ހަރަކާތުން މިރޭ ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅޭގޮތުން ފުލުހުން މައުލޫމާތު ސާފު ކުރެއްވުމަށް އެމަނިކުފާނު ހާޒިރުކުރެއްވެވީ ކަމަށެވެ.
މިރޭގެ އެއްވުމުގައި އެއްވެސް ރައްޔިތަކަށް އުނދަގޫވާނެ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް ފުލުހުން އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ މި އެއްވުމުގައި ކުރިއަށްދާނީ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެގެން ރައްޔިތުންގެ ޝުއޫރު ފާޅުކުރުން ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމާމެދު ސަރުކާރުން ރައްޔިތުންގެ އެއްވެސް ޖަވާބެއް ނުހޯއްދަވައި ކުރިއަށްގެންދާ ކަންކަމަކީ ގާނޫނު އަސާސީ އާއި ޙިލާފު އަދި އެކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް ބުރޫ އަރާނެ ފަދަ ކަމެއް ކަމަށާއި، މިކަމުގައިދިވެހި ލޭ ހިނގާ ކޮންމެރައްޔިތަކުވެސް އަޑު އުފުލަންޖެހޭ ކަމަށެވެ.
ގައުމީ ހަރަކާތުން ކުރިއަށްގެންދާ އެއްވުން ކުރިއަށްދަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ 20:30 ގަ އެވެ. ގައުމީ ހަރަކާތުން ވަނީ މި އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަތަރުވަނަ އޯޑީއައި މެޗުގައި 244 ރަނުގެ ތަފާތަކުން ނިއުޒީލެންޑުން އިންޑިއާގެ މައްޗަށް ކުރިހޯދައިފި
11 ގަޑިއިރު ކުރިން

ޝްރައްދާ ކަޕޫރުގެ ފިލްމު 'އީތާ' އަށް ސަލްމާން ޚާން ހެޔޮއެދުންތައް
11 ގަޑިއިރު ކުރިން

ސިޑްސްގެ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް 46 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ: މެތިއު ކޫޕަރ
11 ގަޑިއިރު ކުރިން

ބޯލްޓިކް ކަނޑުގައި އޮތް ރަޝިއާގެ މަނަވަރަކަށް ހަމަލާދީފި
11 ގަޑިއިރު ކުރިން


