
މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލް
ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި

މުޙައްމަދު ފަޟްލޫން - 08 ނޮވެމްބަރު 2026 - 12:23
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލްގެ ބަންދަށް 30 ދުވަސް ކޯޓުން ދީފިއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އައިމަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ ތަހުގީގު މަރުހަލާ ފުރިހަމަކުރުމަށްޓަކައި އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި ނުނިމި ހުރި މަދު ކަންކަން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއެކު ގާތުން މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
2 ގަޑިއިރު ކުރިން
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން


