އިލެކްޝަންސް ކޮމިޝަންގެ އިދާރާ
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި

މުޙައްމަދު ފަޟްލޫން - 08 ނޮވެމްބަރު 2026 - 12:23
ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ އަދާލަތު ޕާޓީ 25,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވާކަން ހާމަކޮށް ކުރި އިއުލާނެއްގައި ބުނީ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 2026 ވަނަ އަހަރުގެ އޮކްޓޯބަރު 5 ވަނަ ދުވަހު ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ހަރަދުތަކުގެ ތަފްސީލް ފުރިހަމައަށް ބަލަހައްޓާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާޙަގަކޮށްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފްސީލާއެކު ބެލެހެއްޓުން ލާޒިމްކޮށްފައިވެއެވެ. ނަމަވެސް އަދާލަތު ޕާޓީ އިން އެ ޕާޓީގެ އޮޑިޓް ރިޕޯޓް އޮޑިޓް ކޮށްފައިވާ ފަރާތުން 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރު ނުރެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
2 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި
4 ގަޑިއިރު ކުރިން


