
ނޭޝަނަލް ޑްރަގް އޭޖެންސީ
ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރަނީ

މުޙައްމަދު ފަޟްލޫން - 30 އޮކްޓޯބަރު 2026 - 10:32
އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން އިއްވަވަމުން، މިނިސްޓަރު ޒަރީރު ވިދާޅުވީ ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން، ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އިތުރުން 3 ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ރިހިބިލިޓޭޝަން ސެންޓަރުތައް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަލަށް ގާއިމުކުރެވޭ ތިން މަރުކަޒުގެ ހިދުމަތާއެކު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ އަދަދެއްގެ ޒުވާނުންނަށް އެކަށީގެންވާ ފަރުވާ ލިބި، ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިވެ، އަބުރުވެރި އާއިލީ ދިރިއުޅުމަކަށް އަނބުރާ ރުޖޫއަވުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަށް ދިގު މުއްދަތަށް ފަރުވާ ދިނުމުގެ ޚިދުމަތް މިހާރުވެސް ކ. ހިންމަފުއްޓާއި އައްޑޫ ސިޓީގައި ދެމުން އަންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ދަނީ ހިންގަމުންނެވެ.
މީގެއިތުރުން، ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމުގައި ރިހެބިލިޓޭޝަން މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށްގެންދާއިރު، މި ފަދަ ފަރުވާގެ ޕްރޮގްރާމްތަކުގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތު ހިމެނުމަށް ސަރުކާރުން ވަނީ މިއަހަރުގެ މެއި މަހު ނިންމަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތުޅާދޫ ހައުސިންގ ޔުނިޓުތަކަށް ހުށަހެޅި ފޯމުތަކަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލުން ބެލޭނެ: ހައުސިން މިނިސްޓްރީ
ގަޑިއިރެއް ކުރިން

ޕާކުކުރުން: އަނެކާގެ ޙައްޤަށް އިޙްތިރާމްކުރަމާތޯ؟
ގަޑިއިރެއް ކުރިން

ތިމާވެށީގެ ބައިނަލްއަޤްވާމީ މުހިންމު ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން

އާސަންދަ ކުންފުންޏަށް ބިޒްނަސް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ
ގަޑިއިރެއް ކުރިން


