logo
އާސަންދައިގެ ބިލްބޯޑެއް

އާސަންދައިގެ ބިލްބޯޑެއް

އާސަންދަ ކުންފުންޏަށް ބިޒްނަސް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

profile

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 10:31

އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ބޭނުމަށް ބިޒްނަސް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އަލުން އިޢުލާންކޮށްފިއެވެ.

https://wamco.com.mv/

އެ ކުންފުނިން ހާމަކުރި ގޮތުގައި، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މީގެކުރިން 14 އޮކްޓޯބަރ 2026 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިހާރު ސަރުކާރުގެ ގެޒެޓުގައްޔާއި އާސަންދަ ކުންފުނީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެއެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތުގެ ފުރިހަމަ ނަމާއި، ފޯނު ނަންބަރު، އައިޑީ ކާޑު ނަންބަރު އަދި އީމެއިލް އެޑްރެހާއެކު އިޢުލާން ނަންބަރު ބަޔާންކޮށް އަށް އީމެއިލް ފޮނުވަން ޖެހޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. އަދި ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރަޖިސްޓްރީ ކޮށްފައިނުވާނަމަ، އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޏަށް ލިބިގެންވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވޭ ވެބް މީޓިންގެއް މެދުވެރިކޮށެވެ. މި މީޓިންގގެ ލިންކް ޙިއްޞާކުރެވޭނީ ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ. އަދި އަންދާސީ ހިސާބު ފޮނުވަން ޖެހޭނީ އެ މީޓިންގ ކުރިއަށްދާ ވަގުތު އީމެއިލް މެދުވެރިކޮށެވެ.

އާސަންދަ ކުންފުނިން ބުނީ، ކަނޑައެޅިފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި އަދި ބާއްވާ ވެބް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ޕްރޮކިޔުމެންޓް ސެކްޝަންގެ ފޯނު ނަންބަރު 3011483 ނުވަތަ 7451400 އަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް އާސަންދަ ކުންފުނިން އެދެއެވެ.

https://wamco.com.mv/
tel:+9607331319