logo
އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު

ހޯމް ސްކޫލިންގ އަށް ފުރުސަތުދޭނީ އެކަމަށް ހާއްސަ އެސެސްމެންޓް ހެދުމަށްފަހު: ޑރ ޝަފީއު

profile

މުޙައްމަދު ފަޟްލޫން - 30 އޮކްޓޯބަރު 2026 - 11:39

ހޯމް ސްކޫލިންގ އަށް ފުރުސަތުދޭނީ އެކަމަށް ހާއްސަ އެސެސްމެންޓް ހެދުމަށްފަހުގައި ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ އިޝްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ގާނޫނުގެ ތެރެއިން ހޯމް ސްކޫލިން ތަޢާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، އެންމެހައި ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހޯމް ސްކޫލިންގެ ފުރުސަތު ފަހިކޮށްދެވޭނީ، ހާސަ އެސެސްމަންޓެއް ހެދުމަށްފަހު ކަނޑައެޅޭ މިންގަނޑުތަކާއި ޝަރުޠުތައް ފުރިހަމަވާ ދަރިވަރުންނަށް އެކަނި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހޯމް ސްކޫލިން ގ ތައާރަފްކުރުމަށްޓަކައި ތައުލީމާއި ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ހުށަހަޅުއްވާފައިވަނީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނަޢީމެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު އެކުލަވައިލެވުނު ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު ގެ ދަށުންވެސް ރާއްޖޭގައި ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު އޮވެއެވެ. އެއީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ނުކުޅެދުންތެރިކަމުގެ ހާލަތު ހުންނަ ގޮތުންނާއި، ސިއްހީ ނުވަތަ ގުދުރަތީ ކާރިސާތަކާ ގުޅިގެން ސްކޫލަށް ހާޒިރުވުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހަމަޖައްސާފައިވާ އިންތިޒާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާރުވެސް 46 ދަރިވަރަކު ދަނީ ގޭގައި ތިބެގެން ތައުލީމު ހާސިލް ކުރަމުންނެވެ.

މިހާރު ޢަމަލުކުރަމުންދާ އުސޫލު އޮތީ މާ ބޮޑަށް ހުޅުވިފައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސިޔާސަތު ގާނޫނީ އޮނިގަނޑަކަށް ބަދަލުވެގެންދާއިރު، ހޯމް ސްކޫލިންގެ ފުރުސަތު ދެވޭނީ ހަމައެކަނި ރަސްމީ ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

މީގެއިތުރުން، އެއްވެސް ސްކޫލެއްގައި ރަޖިސްޓްރީނުކޮށް ހޯމް ސްކޫލު ކުރުމުގެ ފުރުސަތު އެއްވެސް ކުއްޖަކަށް ނުދެއްވާނެ ކަމަށާއި، މިހާރު ޢަމަލުކުރަމުންދާ އުސޫލުން އެކަން އެގޮތަށް ލާޒިމުނުކުރާތީ އެއީ އިސްލާޙު ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ވިދާޅުވިއެވެ.

ހޯމް ސްކޫލިންގ ތައާރަފްކުރުމާއި ގުޅޭގޮތުން ހުށަހެޅުނު ބިލަށް ވާދަވެރި ބައެއް ސިޔާސީ ބޭފުޅުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެެ.

https://wamco.com.mv/
tel:+9607331319