
ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު
ތުޅާދޫ ހައުސިންގ ޔުނިޓުތަކަށް ހުށަހެޅި ފޯމުތަކަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލުން ބެލޭނެ: ހައުސިން މިނިސްޓްރީ

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 10:33
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފޯމުތައް ވެރިފައިކޮށް ނިމި، ފޯމުތަކަށް ލިބިފައިވާ ޕޮއިންޓު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، ތުޅާދޫގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު: G-33/2025) އާ އެއްގޮތަށް ހުރިހާ ފޯމެއް މިހާރު ވެރިފައިކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން، އެ ފުރުޞަތަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) އަށް ލޮގިންވުމުން، އެ ފަރާތެއްގެ ފޯމަށް ލިބިފައިވާ ޕޮއިންޓު މިހާރު ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން، ލިބިފައިވާ ޕޮއިންޓާ ގުޅިގެން ނުވަތަ އެ ނޫންވެސް އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުގައި ޝަކުވާ ހުށަހަޅަންވާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް، 16 ނޮވެމްބަރު 2026 ގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.
ހިޔާވެހި ޕޯޓަލް ފިޔަވައި އެހެން އެއްވެސް ވަސީލަތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ ފޯނު ނަންބަރު 4004900 އަށް ގުޅުއްވުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެދިވަޑައިގަންނަވައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކުކުރުން: އަނެކާގެ ޙައްޤަށް އިޙްތިރާމްކުރަމާތޯ؟
ގަޑިއިރެއް ކުރިން

ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރަނީ
ގަޑިއިރެއް ކުރިން

ތިމާވެށީގެ ބައިނަލްއަޤްވާމީ މުހިންމު ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން

އާސަންދަ ކުންފުންޏަށް ބިޒްނަސް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ
ގަޑިއިރެއް ކުރިން


