logo
އަސްލުޓީވީން ގެނެސްދޭ "ދީލާ ނުލާށޭ" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ އަސްލުޓީވީ އިސްމާއީލް މުނައްވަރު

އަސްލުޓީވީން ގެނެސްދޭ "ދީލާ ނުލާށޭ" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ އަސްލުޓީވީ އިސްމާއީލް މުނައްވަރު

ހަމަ ބުއްދިން ވިސްނައި މިވަގުތު އެންމެ ރަނގަޅީ ޑރ މުއިއްޒު ރަސްމާލެ ޕްރޮޖެކްޓުގައި ސޮއިނުކުރުން: ޒަރިޔަންދު

profile

ރިޟްވާން މޫސާ - 24 ނޮވެމްބަރު 2026 - 10:44

ހަމަ ސިކުޑިން ވިސްނަވައި މިވަގުތު ޑރ މުއިއްޒަށް އެންމެ ރަނގަޅު ގޮތަކީ ރަސްމާލެޕްރޮޖެކްޓުގައި ސޮއިނުކުރެއްވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޕީއެންއެފްގެ އެންމެ އިސް އެއް އެކްޓިވިސްޓް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ވިއްކާލުމާއިގުޅޭގޮތުން "އަސްލުޓީވީ"ން ގެނެސް ދެނެސްދޭ "ދީލާ ނުލާށޭ" މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޒަރިޔަންދު ވިދާޅުވީ ރަސްމާލެ ވިއްކާލުމަކީ އިގްތިސާީ ގޮތުން ބެލިކަމުގައިވިނަމަވެސް ހިންގުމަށް އެއްވެސް ވަރަކަށް ރަނގަޅު ޕްރޮޖެކްޓެއް ނޫން ކަމަށެވެ.

ރަސްމާލެ ވިއްކާލުމާއި، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިން ދިނުމަށް މަގުފަހިވާނެ ފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ގާނޫނު ތަކަށް ބަދަލުތައް ގެނައުމަށް ކުރެވެމުންދާ ރޭވުމުގެ މަސައްކަތްތަކާއި، އީގަލްސް ހިލސް ކުންފުންޏާއި އެކުންފުނީގެ ބައެއް ހިސްޓްރީތައްވެސް އެނގިވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ޒަރިޔަންދު ވިދާޅުވީ އިޒްރެއިލަށް ތާއީދުކުރާ ބަޔަކަށް ދިވެހިންގެ ބިމުން ތަރައްގީގެ މަޝްރޫއެއް ހިންގަން ބިން ދިނުމަކީވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ މި ސަރުކާރުން ރަސްމާލެ ވިއްކާލިކަމުގައިވިނަމަވެސް ދެން އަންނަ ސަރުކާރަކުން ރަސްމާލެ ހޯދޭނީ ވެސް އެވަރުގެ ގާބިލްކަން ހުރި ނުވަތަ މިފަދަ ޕްރޮޖެކްޓްތައް ކެންސަލް ކުރެވޭނެ ވަރުގެ ސަރުކާރަކުން ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވެވި ގޮތުގައި މިފަދަ މަސްރޫއެއް އަލުން އަނބުރައި ހޯދުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ގިނަވުމާއި ކުރައްވަންޖެހޭ މަސައްކަތްތަކާއި ޒިންމާދާރުވުން އެކަމުގައި އޮތުމުން ނޫނީ މި ޕްރޮޖެކްޓް އަތުލުމަށް ފަސޭހަ ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން މިވަގުތު ކެމްޕެއިން އުސޫލުން ކެންސަލްކުރާނެ ވާހަކަ ދައްކަވާ ފަދަ ސަރުކާރަކަށްވެގެން ނުވާނެ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ މި ސަރުކާރުގެ ހުންގާނުގައި މިވަގުތު މި ހުންނެވީ ނަފްސާނީ ބަލި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ރައްޔިތުންގެ މިފަދަ އަގުބޮޑު ބިންތައް ފަދަ ތަންތަން ވިއްކަނީ ފައިސާ ހޯދުމުގެ ދަހިވެތިކަމުގައިވެސް ނޫން ކަމަށާއި، ބަޔަކު އެމަނިކުފާނުގެ ބޮލަށް ސަވާރުވެގެން ހެއްލިގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ވަމުންދާ ގޮތް ކަމަށެވެ.

https://wamco.com.mv/
tel:+9607331319