logo

ރިއަލްއެސްޓޭޓް ބިލަށް އެމްޑީޕީން މަޖިލީހަށް ހާޒިރުވަނީ ރައީސް ނަޝީދާއި، ފައްޔާޒް: އެމްޑީޕީ

profile

ރިޟްވާން މޫސާ - 24 ނޮވެމްބަރު 2026 - 10:45

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ބަހުސްކުރެވުން ރިއަލް އެސްޓޭޓް ބިލަށް އެމްޑީޕީގެ ފަރާތުން ވަޑައިގަންނަވާނީ އެޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަމަށް ބަޔާންކޮށް އެމްޑިޕީން ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވައިފި އެވެ.

https://wamco.com.mv/

ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާމެދު ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ މި ދަނޑިވަޅުގައި ރިއަލް އެސްޓޭޓް ބިލަކީ މި މަސްރޫއު ހިންގުމަށްޓަކައި ގާނޫނަށް ގެންނަޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް ހުށައެޅިފައިވާ ބިލެކެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އެޑްރެސްކުރައްވައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކޮމެޓީގެ މަރުހަލާގައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަޝްވަރާއަށް ލިބިފައިވާ ފުރުސަތުގައި އެޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެޕާޓީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ފައްޔާޒް އިސްމާއީލް ކަމަށެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން ރަސްމާލެ ބޭރުގެ ބަޔަކަށް ވިއްކާލުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގްނަ ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެމްޑީޕީން ބުނަމުން ދަނީ މި މައްސަލަ އާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައިފިނަމަ ނުވަތަ ރައްޔިތުންގެ ބަހެއް ނެތި މިފަދަ ކަމެއް ކުރާކަމަށްވާނަ އެޕާޓީން އިހުތިޖާޖަށް ނުކުންނާނެ ކަމަށާއި، ރައްޔިތުންގެ ހައްގުގައި މިފަދަ ކަންކަމުގައި އަޑު އުފުއްލަވާނެ ކަމަށެވެ.

އާންމު ރައްޔިތުންނަށް 2 ޑިސެމްބަރުގެ ކުރިން ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާއިރު، ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ވެސް މި ތާރީހަށް ހުށަހެޅުމުން، ކޮމިޓީއަށް ހާޒިރުވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދޭން ކޮމިޓީން ވަނީ ނިންމާފައެވެ.

ބިލުގެ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ފަދަ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ނިންމާފައެވެ.

މި ބިލުގެ ދިރާސާ މަސައްކަތް 7 ޑިސެމްބަރު 2026 ގެ ކުރިން ނިންމުމަށް ކޮމިޓީން ވަނީ ތާވަލުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319