
"ބްރަދާ އަބްދުﷲ" އަކީ މުއްތަލިބުތޯ އަހައި ކުރި ސުވާލަށް އޭނާ ޖަވާބެއް ނުދެއްވި

ރިޟްވާން މޫސާ - 24 ނޮވެމްބަރު 2026 - 08:33
ރަސްމާލޭގެ މައްސަލަ އާއި ގުޅޭގޮތުން "ބްރަދާ އަބްދުﷲ" ގެ ނަމުން ނިސްބަތްކުރައްވަނީ ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބަށްތޯ އެމަނިކުފާނާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ޖަވާބު ނުދެއްވައި ނިންމާލައްވައިފި އެވެ.
ފުށިދިއްގަރު ފަޅުން ތަރައްގކުރަމުން އަންނަ ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް އެ ސަރަހައްދުން 500 ހެކްޓަރުގެ ބޮޑު ބިމެއް ސަރުކާރުން ދިނުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަނީ ވަރަށް ބޮޑެތި ބަހުސްތަކެއް އުފެދިފަ އެވެ.
ރަސްމާލެ ދުބާއީގެ ކުންފުންޏަށް ދިނުމާއި، ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަންގަވާނެ ކަމަށް ސަރުކާރުގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙއްމަދު މުއިއްޒު ވަނީ ދާދި ފަހަކުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކުރައްވާފަ އެވެ.
ރަސްމާލޭގެ މައްސަލަ އާއި ގުޅޭގޮތުން ދުބާއީގެ އީގަލް ހިލްސް ކުންފުނިން ފައިސާތަކެއް ނަގާފައިވާ ކަމަށް ބުނެ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަޑު ފެތުރިފައި ވަނީ ހައުސިން މިނިސްޓަރ ޑރ އަބުދުﷲ މުއްތަލިބަށެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން "ބުރަދާ އަބުދުﷲ" ގެ ނަމުން ނިސްބަތްކުރަނީ ވެސް ޑރ މުއްތަލިބަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މުއައްތަލިބު ހާޒިރުކޮށް މެންބަރުން ވަނީ ރަސްމާލޭގެ މި މައްސަލަ އާއި ގުލޭގޮތުން ވަރަށް ގިނަ ސުވާލުތަކެއް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި ކުރައްވާފަ އެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި މިނިސްޓަރު މުއްތަލިބާއި ކުރެއްވި ސުވާލުތަކުގެ ތެރެއިން ބުރަދާ އަބުދުﷲ އަކީ އެމަނިކުފާނުތޯ ސުވާލުކުރެއްވުމުން އެކަމަކށް އެއްވެސް ޖަވާބެއް އެމަނިކުފާނު ނުދެއްވި އެވެ.
ރަސްމާލޭގެ ދެބައިކުޅަ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދެނީ އެ ތަނުގައި ދިވެހީންނަށް އޮންނަ ބައިގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ރިއަލްއެސްޓޭޓް ބިލަށް އެމްޑީޕީން މަޖިލީހަށް ހާޒިރުވަނީ ރައީސް ނަޝީދާއި، ފައްޔާޒް: އެމްޑީޕީ
43 މިނިޓު ކުރިން

ހަމަ ބުއްދިން ވިސްނައި މިވަގުތު އެންމެ ރަގަޅީ ޑރ މުއިއްޒު ރަސްމާލެ ޕްރޮޖެކްޓުގައި ސޮއިނުކުރުން: ޒަރިޔަންދު
44 މިނިޓު ކުރިން

ސަރުކާރުގެ ތެރޭގައި ޖެހިފައިވާ ރެނދުތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން: އިމްރާން
5 ގަޑިއިރު ކުރިން

"ކޫލް ސްކޫލް ޕްރޮޖެކްޓް" 103 ސްކޫލެއްގެ މަސައްކަތް އަދިވެސް ނުނިމޭ
5 ގަޑިއިރު ކުރިން


