
"ކޫލް ސްކޫލް ޕްރޮޖެކްޓް" 103 ސްކޫލެއްގެ މަސައްކަތް އަދިވެސް ނުނިމޭ

ރިޟްވާން މޫސާ - 24 ނޮވެމްބަރު 2026 - 06:02
ސަރުކާރު ސްކޫލުތަކުގެ ކްލާސް ރޫމްތައް ފިނިކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ހުރިހާ ކްލާސް ރޫމުތަކެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ނިޔަަލަށް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އަދި އޭސީ ކުރެވުނީ 113 ސްކޫލެއްގެ ކްލާސް ރޫމްއެއްގައި ކަން އެނގިއްޖެ އެވެ.
"ކޫލް ސްކޫލް" ގެ ނަމުގައި ސަރުކާރުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތައުލީމީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދެއްގެ ގޮތުގައި ވަނީ ރާއްޖޭގެ 216 ކްލާސްރޫމެއްގައި އޭސީ ހަރުކޮށް ދަރިވަރުންނަށް ފިނި ތައުލީމް ފޯރުކޮށްދިނުމަށް ނިންމާފަ އެވެ.
މި ޕްރޮޖެކްޓާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން 113 ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހެނީ މި ސަރުކާރުގެ ތައުލީމީ މި މުހިންމު ވައުދުގެ ތެރޭގައި ސަރުކާރަށް ތިން އަހަރު ފުރިގެން ދާއިރުވެސް މި މައްސަކަތް އެއްވެސް ވަރަކަށް ނުކުރެވި 113 ގައި ހުރި ކަމެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް ފިނިކުރުމަށް "ކޫލް ސްކޫލް" މަޝްރޫއު ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ. މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ މާފުށި ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް
40 މިނިޓު ކުރިން

ރިއަލްއެސްޓޭޓް ބިލަށް އެމްޑީޕީން މަޖިލީހަށް ހާޒިރުވަނީ ރައީސް ނަޝީދާއި، ފައްޔާޒް: އެމްޑީޕީ
ގަޑިއިރެއް ކުރިން

ހަމަ ބުއްދިން ވިސްނައި މިވަގުތު އެންމެ ރަގަޅީ ޑރ މުއިއްޒު ރަސްމާލެ ޕްރޮޖެކްޓުގައި ސޮއިނުކުރުން: ޒަރިޔަންދު
ގަޑިއިރެއް ކުރިން

އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
ގަޑިއިރެއް ކުރިން


