
ފިނޭންސް މިނިސްޓްރީ
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 24 ނޮވެމްބަރު 2026 - 10:12
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ބަޖެޓް ދިރާސާކުރި ކޮމިޓީން ނިންމާފައި ވަނީ އެއްވެސް ބަދަލެއް ނުގެނެސް، ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުމަށެވެ.
ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން 23 އިސްލާހެއް ހުށަހެޅި ނަމަވެސް، ޝަރުތު ހަމަވާ ކަމަށް ނިންމީ ހަތް އިސްލާހެކެވެ. އޭގެ ތެރެއިން އެއް އިސްލާހު ފަހުން އަނބުރާ ގެންދިޔައިރު، ބާކީ ހުރި އިސްލާހުތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން އެއްވެސް އިސްލާހެއް ފާސްވާ ގޮތެއް ނުވިއެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުމަށް ފެންނަ ކަމަށް 65 މެންބަރަކު ވޯޓު ދެއްވިިއިރު، އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
ދައުލަތުގެ ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، ރިކަރަންޓް ޚަރަދުތައް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން އަންނަ އަހަރު ދައުލަތް ހިންގުމުގެ ހަރަދަށް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރެވުނު ބަޖެޓުން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރެވެނީ 52.6 ބިލިއަން ރުފިޔާއެވެ.
މީގެ ތެރޭގައި ހިމެނެނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 42.7 ބިލިއަން ރުފިޔާ އާއި، ތަރައްގީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތަކަށްހާއްސަ ކުރެވިފައިވާ ކެޕިޓަލް ހަރަދުގެ 9.9 ބިލިއަން ރުފިޔާއެވެ.
ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް
28 މިނިޓު ކުރިން

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ހަމަހަމަކަން ގެންގުޅެންޖެހޭ"
28 މިނިޓު ކުރިން

އެމްޑީޕީ އިން މިމަހުގެ 26 ގައި ބާއްވާ އެއްވުމަކީ އަހާބަލަ
ގަޑިއިރެއް ކުރިން

ރަކީދޫ ރައްޔިތުން އެއްބަސްވާ ނަމަ މާލެ ކައިރިއަށް ބަދަލުކުރަން ސަރުކާރުން އޮތީ ތައްޔާރަށް: މުއްތަލިބް
ގަޑިއިރެއް ކުރިން


