logo
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް

ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް

profile

މުޙައްމަދު ފަޟްލޫން - 24 ނޮވެމްބަރު 2026 - 11:00

ނަފްސާނީ ބަލިތައް ކުރިމަތިވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އަޅުވެތިކަމާއި ނިކަމެތިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނަފްސާނީ ސިއްހަތުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު މަޢުރޫފް ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ ބިލުން ނަފްސާނީ ސިއްހަތުގެ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިގެންނުދާ ކަމަށެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި، ބަލީގެ ކުރީކޮޅު އެކަން ދެނެގަނެ ފަރުވާ ފެށުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ މައިގަނޑު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ އިގްތިސާދީ ނިކަމެތިކަމާއި މާލީ ދަތިކަން ކަމަށެވެ. އަދި މިފަދަ މާލީ ތަދުމަޑުކަމުގެ ސަބަބުން ގިނަ ޒުވާނުންތަކެއް ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދު ރާއްޖޭގައި ވަޒީފާގެ ރައްކާތެރިކަން ގެއްލިފައިވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން އެ މުވައްޒަފުން ދިރިއުޅެން ޖެހިފައިވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ހަމައެއާއެކު، ޢާއިލީ އަދި އިޖުތިމާޢީ މައްސަލަތަކާއި، ގައުމުގައި އިޖުތިމާއީ ޢަދާލަތު ގާއިމުވެފައި ނެތުމަކީވެސް ނަފްސާނީ ދުޅަހެޔޮކަން ގެއްލުމަށް މެދުވެރިވާ ސަބަބުތަކެއް ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ދިވެހިރާއްޖެއަކީ މިއަދު ވަރީގެ ނިސްބަތް އިންތިހާއަށް މަތި ގައުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޢާއިލީ އަދި އިޖުތިމާޢީ މައްސަލަތައް އުފެދެން މެދުވެރިވަނީ ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުންވެސް ވަޒީފާތަކުގައި އެކަށޭނެ އުޖޫރައެއް ނުލިބި ގިނަވަގުތު މަސައްކަތްކުރުމަކީ ނަފްސާނީ ބަލިމަޑުކަން މެދުވެރިވަން އިތުރުވާ ބޮޅެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319