logo
އެމްޑީޕީގެ ފަރާތުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީގެ ފަރާތުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އެމްޑީޕީ އިން މިމަހުގެ 26 ގައި ބާއްވާ އެއްވުމަކީ އަހާބަލަ

profile

މުޙައްމަދު ފަޟްލޫން - 24 ނޮވެމްބަރު 2026 - 10:38

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، އެމްޑީޕީން އިސްނަގައިގެން ބާއްވާ ހާއްސަ މުޒާހަރާ މި ނޮވެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

https://wamco.com.mv/

ރަސްމާލެ ވިއްކާލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީން ބާއްވާ މި އެއްވުން އޮންނާނީ އެ ރޭ 08:30 ގައި، އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި އެއްވުމުގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ބައިވެރިވުމަށް އެމްޑީޕީން ވަނީ ދަޢުވަތު އަރުވާފައެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރަސްމާލެ މަޝްރޫޢު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެދި އަޑުއުފުލުމަށް މި މަހުގެ 26 ވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ މި ހަރަކާތަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަން، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އަޑުއުފުލަމުންދާ ގައުމީ ހަރަކާތުންވެސް ވަނީ ހާމަކޮށްފައެވެ.

ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ، އެމްޑީޕީން އިންތިޒާމުކުރާ މި އެއްވުމުގައި ގައުމީ ހަރަކާތަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި އެއްވުމަށް މީހުން ހޭލުންތެރިކުރުވައި، ގިނަ ބައެއްގެ ބައިވެރިވުން ހޯދުމުގެ ގޮތުން އެމްޑީޕީން މިހާރު ދަނީ އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ހިންގަމުންނެވެ.

https://wamco.com.mv/
tel:+9607331319