logo

އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގެ ބިއްގަނޑު ދިޔަ މީހެއްގެ ގަޔަށް ވެއްޓިއްޖެ

profile

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 12:40

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގެ ބިއްގަނޑު، މަގުމަތިން ސައިކަލެއްގައި ދިޔަ މީހެއްގެ ގައިމައްޗަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ ކަނބާއައިސާ ރަނި ހިނގުމުގައި، އައިޖީއެމްއެޗްގެ މައި ދޮރާށި ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައެވެ. މަސައްކަތަށް ބޭނުންކުރަމުންދިޔަ ބޮޑު ބިއްގަނޑު ސައިކަލެއްގެ ގަޔަށް ވެއްޓުނީ، އެ ވަގުތު އެ ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ހުރަސްކުރި ވަގުތުގައެވެ.

މި ހާދިސާ ހިނގި ވަގުތު ސަރަހައްދުގައި ހުރި މީހަކު ކޮށްފައިވާ ވީޑިއޯތަކެއްގެ މަންޒަރުތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

މި ހާދިސާގައި މީހަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު މަގުތަކަކަށް ވެފައި، ސަލާމަތީ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ނާޅައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާތީ މިފަދަ ހިތާމަވެރި ހާދިސާތައް ދޭތެރެދޭތެރެއިން ހިނގަމުންދާކަން ފާހަގަކުރެވެއެވެ.

އިތުރު ތަފްސީލް އަންނަނީ

https://wamco.com.mv/
tel:+9607331319