logo
 ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަޙްމަދު ޝަމްހީދު  / ފޮޓޯ: މަޖިލިސް

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަޙްމަދު ޝަމްހީދު / ފޮޓޯ: މަޖިލިސް

ރިކަރަންޓް ހަރަދުގެ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއްކުރޭ: ޑރ ޝަމްހީދު

profile

މުޙައްމަދު ފަޟްލޫން - 23 ނޮވެމްބަރު 2026 - 12:04

2023 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި ބޮޑު ހޭދައެއް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޝަމްހީދު ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އިތުރަށް ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

2023 ވަނަ އަހަރާ އަޅާބަލާއިރު، އަހަރަކު 10 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ލޯނު ދެއްކުމާ ގުޅުންހުރި ފައިސާއެއް ނޫން ކަމަށާއި މިއީ ސީދާ ދައުލަތް ހިންގުމުގެ ހަރަދު ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުން ނުދައްކާ އޮތް ފައިސާގެ ޢަދަދު 7.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވާތީ، ޑރ. ޝަމްހީދު ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތަކަށް ދައްކަންޖެހޭ ޖުމްލަ އަދަދު މި ސަރުކާރަށް ސާފުނުވި ނަމަވެސް، އެމްޑީޕީގެ އަންދާޒާއަކީ އެ އަދަދު ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއަށް އަރާނެ ކަމެވެ.

އެމްޑީޕީގެ ވެރިކަން ނިމުނުއިރު ކުންފުނިތަކަށް ދައްކަންޖެހިފައި އޮތީ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވަނީ މި ހަރަދުތަކާ ގުޅިގެން ސުވާލު އުފައްދަވައި، ސަރުކާރުން މިހާރު ހަރަދުތައް ކުރަމުންދަނީ ދައުލަތަށް ލިބޭ ޢާމްދަނީންތޯ ނުވަތަ ރައްޔިތުންގެ ފައިސާއިންތޯ ފުންކޮށް ވިސްނާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319