.jpeg&w=3840&q=75)
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް ޔުނިޓުން އިންޓާންޝިޕްގެ ފުރުސަތެއް ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 12:05
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ލީގަލް ޔުނިޓަށް 3 މަސްދުވަހުގެ މުއްދަތަށް "ލީގަލް އިންޓާން" އެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޤާމަށް ބޭނުންވަނީ އެންމެ ފަރާތެކެވެ. މިއީ ޤާނޫނީ ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަނގަޅު ފުރުސަތެކެވެ.
މި އިންޓާންޝިޕްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލްގެ ޤާނޫނީ ކަންކަމާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތަކުގައި ލީގަލް ޔުނިޓަށް އެހީތެރިވުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން އޮފިސަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ލިޔެކިޔުންތައް ދިރާސާކުރުމާއި، ކައުންސިލަށް ބޭނުންވާ ގަވާއިދުތަކާއި އެއްބަސްވުންތަކާއި އުސޫލުތައް އެކުލަވާލުމުގައި އެހީތެރިވެދިނުންވެސް މި މަޤާމުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމުގެ ޝަރުތަކީ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ. އަދި މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރިކަމާއި، ޒިންމާދާރުކަމާއެކު ވަގުތު ދެވޭނެ، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މީހަކު ހޮވުމުގައި ބެލޭނީ ތަޢުލީމާއި ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށެވެ.
އިންޓާންޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ނުވަތަ މެއިލް އަދި ވަނަވަރު (CV) އެ ކައުންސިލްގެ އެޗްއާރު ސެކްޝަންގެ އީމެއިލް މެދުވެރިކޮށް ނުވަތަ ސީދާ ކައުންސިލް އިދާރާއަށް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6885002 ނަންބަރު ފޯނާ ގުޅުއްވުން އެދެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގެ ބިއްގަނޑު ދިޔަ މީހެއްގެ ގަޔަށް ވެއްޓިއްޖެ
ގަޑިއިރެއް ކުރިން

ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް: ރައީސް ޔާމީން
ގަޑިއިރެއް ކުރިން

އެންސްޕާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ރިކަރަންޓް ހަރަދުގެ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއްކުރޭ: ޑރ ޝަމްހީދު
ގަޑިއިރެއް ކުރިން


