
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް / ފޮޓޯ: އަސްލު ޓީވީ
ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް: ރައީސް ޔާމީން

މުޙައްމަދު ފަޟްލޫން - 23 ނޮވެމްބަރު 2026 - 12:07
ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެމަޝްރޫއާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާ މެދު ރައްޔިތުންގެ 95 އިންސައްތައަށް ވުރެ ބޮޑު އަގުލިއްބަތެއް ދެކޮޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެއިން ބިން ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމުގެ ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލައްބާރު އެ މަޝްރޫޢުން ވަކިވެވަޑައިގަތީ، ސަރުކާރުގެ ގާބިލުކަމާ މެދު ސުވާލު އުފެދުމުން ކަމަށެވެ.
މީގެއިތުރުން، ރައީސް މުއިއްޒަކީ ބިމުގެ މުއާމަލާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އުސޫލުން ބޭރުން ބިންތައް ދޫކުރެއްވި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި އެންމެ ފަސޭހައިން މާލީ މަންފާ ހޯދޭނީ ބިމުން ކަން ރައީސް މުއިއްޒަށް އޭރުއްސުރެ ވިސްނިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ސީދާ ރަސްމާލެ މަޝްރޫޢާ ގުޅިފައިވާ ބިލެއްކަން ފާހަގަކުރައްވައި، އެއްވެސް އިސްލާހެއް ގެނައުމަކާ ނުލައި އެ ބިލް ބޭރުކޮށްލުމަށް ރައްޔިތުންނާއި މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ދުވަސް ވަރަށް ގާތްވެފައިވާ ކަމަށް ވިދާޅުވެ، ގާނޫނުހަދާ މަޖިލީހުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަން ހުއްޓާލުމަށާއި، ކިތަންމެ ވަރަކަށް ދިފާޢުކުރި ނަމަވެސް ނުރަނގަޅު ކަންކަން ދެމިއޮންނާނީ އެގޮތުގައި ކަމަށް ވިދާޅުވެ މަޖިލިސް މެންބަރުންނަށް އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގެ ބިއްގަނޑު ދިޔަ މީހެއްގެ ގަޔަށް ވެއްޓިއްޖެ
ގަޑިއިރެއް ކުރިން

އެންސްޕާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް ޔުނިޓުން އިންޓާންޝިޕްގެ ފުރުސަތެއް ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ރިކަރަންޓް ހަރަދުގެ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއްކުރޭ: ޑރ ޝަމްހީދު
ގަޑިއިރެއް ކުރިން


