logo

ސަރުކާރުގެ ތެރޭގައި ޖެހިފައިވާ ރެނދުތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން: އިމްރާން

profile

ރިޟްވާން މޫސާ - 24 ނޮވެމްބަރު 2026 - 06:03

މި ސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށާއި، މި ސަރުކާރުގެ ތެރޭގައި ޖެހިފައިވާ ރެނދުތައް ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މިނިސްޓަރ އިމްރާން ވިދާޅުވީ މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިތުރުފުޅު ހައްދަވާ ވާހަކަ ދައްވަނީ އެމަނިކުފާނު އެކަނި ނޫން ކަމަށެވެ.

ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލައްވައި، ނިޒާމު އޮޅުވާލާފައިވާކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ދައުލަތަކީ ގާނޫނު އަސާސީގެ ދަށުން ތަރުތީބު ވެގެން ހިނގަމުން އަންނަ ބާރުތައް ވަކިވެފައި އޮތް ނިޒާމެއް ކަމަށެވެ. އަދި ހުރިހާ ސަރުކާރެއްގައި ވެސް އެއްބާރާއި އަނެއްބާރާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ކޮންމެވެސް ވަރަކަށް އުޅޭ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އެއްވެސް މިނިވަން ކަމެއް، އިހްތިޔާރެއް ނެތް ކަމަށާއި ސްޕްރީމް ކޯޓު ދުއްވާލާފައި ވަނީ ލިޔެފައި ދޭ އެއްޗެއްގައި ރަބަރ ސްޓޭމްޕް ޖަހާ ހިސާބަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިސަރުކާރަަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައީސް މުއިއްޒު ދޮގު ހެއްދެވުން ކަމަށެވެ.

https://wamco.com.mv/
tel:+9607331319