
ވަގަށް ނަގަން މަސައްކަތްކޮށްފައިވާ ސްޓެލްކޯގެ ކަރަންޓު ކޭބަލް
ކަރަންޓު ކޭބަލް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި

ޝުރުފާ މުހައްމަދު - 06 ޖުލައި 2024 - 18:03
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯގެ ކަރަންޓު ކޭބަލެއް މީހަކު ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުން ބުނީ، އެ މައްސަލާގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ވައްކަން ކުރިމީހާ ވަނީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައެވެ. އެކަމުގެ ސަބަބުން އެ ދުވަހު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހިމަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާމަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް ވެސް މެދުކެނޑުނެވެ.
މާލެ އާއި ހުޅުމާލޭގައި މަގުމަތީގައި ހުންނަ ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
އެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މިއަހަރުގެ މާރިޗުމަހު މީހަކު ވަނީ މަރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން