logo
—

އެމްއޭސީއެލުން އެމަޖެންސީ ޕްލޭނިންގ ވޯކްޝޮޕެއް ބާއްވައިފި

profile

އަހުމަދު ޒަލީފު - 17 ފެބްރުއަރީ 2023 - 16:02

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓް އިމަޖެންސީ ޕްލޭނިން ވޯކްޝޮޕް (އޭއީޕީ) އެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ވޯކްޝޮަޕަކީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މިމަހުގެ 14 އިން 15 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ވޯކްޝޮޕްގައި 18 އެއާޕޯޓަކާއި 3 އެއާލައިނަކުން ޖުމްލަ 51 ން ވަނީ ބައިވެރިވެފައެވެ.

MACL's commitment to safety continues with a successful two-day Airport Emergency Planning workshop. With 51 participants from 18 airports and 3 airlines, we partnered with the Maldives Civil Aviation Authority to provide vital training to local operators. #AirportSafet pic.twitter.com/wj2GHvPYao

— Maldives Airports Company Ltd - MACL (@MACLmedia) February 16, 2023

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ތޯހާ ވަނީ އެއާޕޯޓްތައް ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދާދިފަހުން އެއާޕޯޓްތައް ކުއްލި ހާލަތްތަކަށް ގެނެވުނު ވާހަކަ ވެސް ވަނީ ބައިވެރިންނާއި ހިއްސާ ކޮށްފައެވެ.

https://etukuri.mv/
https://www.aslu.com.mv