އެމެރިކާއާއި ދެ ޤައުމު ގުޅިގެން ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ ކަމުގައި ދެކުނު ކޮރެއާއިން ބުނެއްޖެ
ޔޫޝައު ހަސަން - 03 ޖެނުއަރީ 2023 - 07:24
ދެކުނު ކޮރެއާގެ ރައީސް ކިމް
އެމެރިކާ އާއި ގުޅިގެން ނިއުކްލިޔާ ހަތިޔާރު އޮޕަރޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިއްޖެ ކަމުގައި ދެކުނު ކޮރެއާއިން ބުނެއްޖެއެވެ.
އެމެރިކާއިން އެއްވެސް ޤައުމަކާ އެކު ނިއުކްލިއާ އެއްބަސްވުމަކަށް ނުދާނެ ކަމުގައި އެ ޤައުމުގެ ރައީސް ޖޯން ބައިޑަން ހާމަކޮށްފައިވާ މި ދަނޑިވަޅުގައި، ދެކުނު ކޮރެއާގެ ރައީސް އޮފީހުންވަނީ ދެ ޤައުމުގެ ދެމެދުގައި ނިއުކްލިޔާ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތާމެދު މަޝްވަރާކޮށްފައިވާ ކަން ހާމަކޮށްފައެވެ.
ދެކުނު ކޮރެއާގެ ޕްރެސް ސެކެޓްރީ ކިމް ޔުން ހެއީ ހާމަކުރި ގޮތުގައި މަޝްވަރާތައް އެމެރިކާގެ ރައީސް ބައިޑަން ދޮގުކުރި ކަމުގައި ވިޔަސް، އެ ބޭފުޅާވަނީ ބައިޑަން އަމިއްލަފުޅަށް ވަނީ ނިއުކްލިއާ މަސައްކަތްތަކުގައި ދެޤައުމުން ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމާމެދު މަޝްވަރާ ކުރިއަށް ގެންދިއުމަށް ދެކުނު ކޮރެއާގެ ރައީސް ގެ އަރިހުން އެދިލައްވާފައެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކި ގޮތް ގޮތްގޮތުން މަޝްވަރާކުރެވުނު ކަމުގައްޔާއި އެގޮތުން ދޭދޭ ޤައުމުގެ ނިއުކްލިޔާ މައުލޫމާތުތައް ހިއްސާކުރުމާއި ތަމްރީނުތައް ދިނުމާއި ޚިޔާލު ބަދަލުކުރުން މަޝްވަރާގެ ތެރެއިން ކުރިއަށް ދިޔަކަމުގައި ދެކުނު ކޮރެއާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވެއެވެ.
އެމެރިކާއިން ބުނާގޮތުގައި ދެކުނު ކޮރެއާ ގެ ނިއުކްލިޔާ ބާރުގަދަކަމަށް ބަލައި ދުނިޔޭގެ އެހެން ޤައުމުތައް އެ ޤައުމުދެކެ ޖެހިލުންވަނީ ކަމުގައެވެ.
މި މަޝްވަރާތައް އެއްމޭޒެއްގެ ދޮށުން ނިމޭނެ ވަކި ތާރީޚެއް ކަނޑައެޅިގެން އަދި ބުނަން ނޭނގުނަސް މާ ދުރުނޫން މުސްތަގުބަލެއްގައި މި މަޝްވަރާތައް ކޮންމެސް އެއްކޮޅެއްގައި ޖެއްސޭނެ ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް
އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
2 އަހަރު ކުރިން
އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން
އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން
ލޮލަށް އަޅާ 4 ބޭހަކާމެދު ސަމާލުވުމަށް އެދިއްޖެ
2 އަހަރު ކުރިން