logo
ލޮލަށް ތިކި ޖައްސާ ބޭހެއް

ލޮލަށް ތިކި ޖައްސާ ބޭހެއް

ލޮލަށް އަޅާ 4 ބޭހަކާމެދު ސަމާލުވުމަށް އެދިއްޖެ

profile

ޔޫޝައު ހަސަން - 30 މާރިޗު 2023 - 09:42

އެމެރިކާގެ ކުންފުނިތަކަކުން އުފައްދައި ވިއްކަމުން ގެންދާ، ލޮލަށް އަޅާ ހަތަރު ބާވަތެއްގެ ބޭހަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް އެ އޮތޯރިޓީން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޮލަށް އަޅާ ބޭސްތަކުގެ ތެރެއިން ހަތަރު ބޭހަކަށް ސަމާލުވުމަށާއި މި ބޭސްތަކަކީ އިމްޕޯޓް ކުރުމާއި، ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން މި ބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވުމަށް އެދިފައިވާ ބޭސްތަކަކީ އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ނަމަކަށް ކިޔާ 4 ބޭހެކެވެ.

undefined

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސަމާލުވުމަށް އެދުނު ބޭސްތައް

އެމެރިކާގެ ކުންފުންޏަކުން އުފައްދާފައިވާ މި ހަތަރު ބޭހަކީ ޔުނައިޓެޑް ސްޓޭޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ)އިން ވެސް އެލާޓްކޮށް ރީކޯލް ކޮށްފައިވާ ބޭސްތަކެކެވެ.

https://wamco.com.mv/
https://www.aslu.com.mv