
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓާ ޖޯން ކިރްބީ
އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި

ޔޫޝައު ހަސަން - 11 ފެބްރުއަރީ 2023 - 17:12
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އެލަސްކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" އެ ގައުމުގެ ދިފާއީ އިދާރާއިން ހަމަލާދީ ވައްޓާލައިފިއެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓާ ޖޯން ކިރްބީ ވިދާޅުވީ އެ އެއްޗަކީ ކޮން އެއްޗެއްކަން އަދި އެނގިފައި ނުވާ ކަމަށާއި އެއީ ވަކި ގައުމަކަށް ނިސްބަތްވާ އެއްޗެއް ކަން ނުވަތަ ނޫންކަން ވެސް ބުނަން އަދި ނޭނގޭ ކަމަށެވެ.
ބިމަށް ވުރެ 40،000 ފޫޓު މަތިން އުދުހެމުން ދިޔަ އެ އުޅަނދު ބުރާސްފަތި ދުވަހުގެ ރޭ ފާހަގަވުމާއެކު ޕެންޓެގަން އިން ވަނީ ފައިޓަ ޖެޓުތައް ބޭނުންކޮށްގެން އެ ވައްޓާލާފައެވެ.
ކިރްބީ ވިދާޅުވީ އެ އެއްޗެއް ވައްޓާލީ ރައީސް ބައިޑަންގެ އަމުރުފުޅަށް ކަމަށާއި އެއީ އެ ގައުމުގެ އޭވިއޭޝަންއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބެލެވުނު ކަމަށެވެ.
އެ އެތީގެ އަސްލު ހޯދަން އެމެރިކާއިން މަސައްކަތް ކުރާއިރު އެ މަސައްކަތުގެ އިތުރު މައުލޫމާތު ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ލިބޭނެ ކަމަށް ހަބަރުތައް ބުނެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށްބުނާ އެއްޗެއް އެމެރިކާއިން ވައްޓާލިތާ ހަފްތާއެއް ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން