logo
----

----

ޝަންގްރިއްލާގެ އިސްވެރިން މިނިސްޓަރ ފައިސަލް އާއި ބައްދަލުކުރައްވައިފި

profile

އަހުމަދު ޒަލީފު - 08 ޑިސެމްބަރު 2023 - 09:30

ޝަންގްރިއްލާގެ އިސްވެރިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

މިބައްދަލުވުމުގައި މެދުއިރުމައްޗާއި، ޔޫރަޕާއި އިންޑިއާ އަދި އެމެރިކާ އަށް ކަނޑައަޅާފައިވާ ޝަންގްރިއްލާ ގްރޫޕްގެ އިސްވެރިޔާ ކަޕިލް އަގަރްވާލް އާއި ޝަންގްރިއްލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލޫނޯ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އައްޑޫ ސިޓީގައި ހުޅުވާފައިވާ ޝަންގްރިއްލާގެ ރިސޯޓް ކޮވިޑް ޕެންޑަމިކާއި ގުޅިގެން ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވާ އޮތުމުން އެކަމާއިމެދު މަޝްވަރާ ކުރެވުނެވެ. އަދި ޝަންގްރިއްލާ ގްރޫޕްގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކާއި ގުޅޭ މައުލޫމާތު މިނިސްޓަރު ފައިސަލަށް އެރުވި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފައެވެ.

އެ ރިސޯޓް ވިއްކާލަން މިހާރު އޮތީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފައެވެ. ޝަންގްރިއްލާ ރިސޯޓް ގަންނަން ރާއްޖޭގެ ޕްރައިވެޓް އެއާލައިން، މަންޓާ އެއާ ހިންގަމުން އަންނަ ރިއޯލޯ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ކޮވިޑްގެ ތެރޭގައި 2020 ގެ ޖޫންގެ ތެރޭގައި ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗްގައި ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓުން ދެވޭހާ ދުރުގައި އޮންނަ ރިސޯޓެކެވެ. އަދި އެތަން މަޝްހޫރީ މުއްސަނދި ޓޫރިސްޓުން އަންނަ ތަނެއްގެ ގޮތުގަ އެވެ. އެގޮތުން ޝަންގްރިއްލާ ވަރަށް ޓޫރިސްޓުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރެއެވެ.

އައްޑޫސިޓީއަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރަމުން އައި ސިޓީއެކެވެ. ނަމަވެސް ޕެންޑަމިކާއި ގުޅިގެން ޓޫރިޒަމް ދާއިރާ އަދި އިޤްތިސާދު މިވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ،

https://etukuri.mv/
https://eportal.mwsc.com.mv/e-pay