logo

އަސްލު ޓީވީގެ ޓްރާންސްމިޝަން 24 ގަޑިއިރަށް ބަދަލުކޮށްފި

profile

ޒިދާން މުޙައްމަދު - 25 ޖެނުއަރީ 2025 - 04:15

އަސްލު ޓީވީގެ ޓްރާންސްމިޝަން 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

https://wamco.com.mv/

މިކަން އިޢުލާންކޮށްފައިވަނީ އަސްލު ޓީވީގެ އަހަރީ ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން، ހުކުރު ދުވަހުގެ ރޭ ގެނެސްދިން ހާއްސަ ލައިވް ކަވަރޭޖެއްގެ ތެރެއިންނެވެ.

އަސްލު ޓީވީގެ ޓްރާންސްމިޝަން 24 ގަޑިއިރަށް ބަދަލުކޮށް އެކަން ހާމަކުރި ހާއްސަ ދެންނެވުމެއްގައި ބުނެފައިވަނީ، މީލާދީ ސަނަތުން 25 ޖެނުއަރީ 2025 ވަނަ ދުވަހުން ފެށިގެން، އަސްލު ޓީވީގެ ޓްރާންސްމިޝަން 24 ގަޑިއިރަށް ބަދަލުކުރަން ނިންމައި، އެކަން ތަންފީޛުކުރަން ފަށާފައިވާ ކަމަށެވެ.

މިއާއެކު މިޗެނަލްއިން 24 ގަޑިއިރު މެދުނުކެނޑި ކޮންޓެންޓް ފޮނުވަމުން ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ.

އަސްލު ޓީވީ ބްރޯޑްކާސްޓްކުރަން ފެށީ 25 ޖެނުއަރީ 2024 ގައެވެ. އެންމެ ފުރަތަމަ މިޗެނަލްގެ ޓްރާންސްމިޝަން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން މެންދަމު 12:00 އަށެވެ. އޭގެ ފަހުން އެކިފަހަރުގެ މަތިން ވަގުތު އިތުރުކޮށް، އެންމެ ފަހުން އަހަރީ ދުވަހާ ހަމައަށް ޓްރާންސްމިޝަން ގެނެސްދީފައިވަނީ ހެނދުނު 09:00 އިން ފަތިހު 04:00 އަށެވެ.

މީޑިއާ ދާއިރާގެ ތަޖުރިބާ ކާރު ގިނަ ބޭފުޅުން ހިމެނޭ ޓީމަކާއެކީ ފެށި މި ޗެނަލް އެންމެ ފުރަތަމަ ދައްކަން ފެށީ މީޑިއާނެޓްގެ ނަމްބަރު 133 ހުންނެވެ. ނަމަވެސް، މިހާރު އަސްލު ޓީވީ ފެންނާނީ މީޑިއާނެޓްގެ ޗެނަލް ނަމްބަރު 110 އަކުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މީޑިއާނެޓް މެދުވެރިކޮށް އަސްލު ޓީވީ ފެންނައިރު، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފޭސްބުކްއާއި އެކްސް ޕްލެޓްފޯމް ފަދަ ސޯޝަލް މީޑިއާގެ މަންސަތަކުންވެސް އަސްލު ޓީވީ ފެންނާނެއެވެ.

އަސްލު ޓީވީއަށް އެއް އަހަރު ފުރުމުގެ މުނާސަބާގައި ހާއްސަ ލޯގޯއަކާއި ލަވައެއް ވަނީ ލޯންޗުކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay