.webp&w=3840&q=75)
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭ ތަހުނިޔާ ރައީސް ފޮނުއްވައިފި

އައިޝަތު އިބްރާހިމް - 16 ފެބްރުއަރީ 2025 - 10:19
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔިޓާނަސް ނައުސިއެދާއާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޔިޓާނަސް ޕަލޫކަސްއާއި، އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ ގޮތުގައި ފާހަގަ ކުރަނީ އެޤައުމުގެ މިނިވަންކަމުގެ ޤަރާރުގައި ސޮއިކުރި ދުވަހެވެ. އެއީ 1918 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް އަޒުލުކުރެވޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަނާރު ބުކޮށްލައިގެން - މިނިސްޓަރ ޝަހީމް
އަހަރެއް ކުރިން

ހިތަދޫ - ހުޅުމީދޫ ބުރިޖުގެ ޑިޒައިން މަސައްކަތް އަރަބި ކުންފުންޏަކަށް
އަހަރެއް ކުރިން

ތަރައްޤީ ހަލުވި ކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުން އަދުރޭ
އަހަރެއް ކުރިން

ތިނަދޫ އެއާރޕޯޓް ހަވާލުކުރީ ތައިލެންޑް ކުންފުންޏަކަށް، ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ!
އަހަރެއް ކުރިން