logo

ތަރައްޤީ ހަލުވި ކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުން އަދުރޭ

profile

އާމިނަތު ޝަފާ - 20 ފެބްރުއަރީ 2024 - 06:14

342313_a9698ae1-a_.jpg

342313_a9698ae1-a_.jpg

ރައްޔިތުން ބޭނުންވާ ބާރު ދުވެލީގައި ހިދުމަތް ދިނުމަށްޓަކައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާކަމަށް ރައީސްޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަބްދުރަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސްއާ ހަވާލުކުރެވިފައިވަނީ ވަަރަށް ވަރުގަދަ އަމާނާތެއްކަމަށާއި އެ އަމާނާތް އަދާ ކުރުމަށް މަގުފަހިކޮށްދިނުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. މީހަކާއި އަމާނާތެއް ހަވާލުކުރެވިފައިވިޔަސް، އެ އަމާނާތް އަދާ ކުރުމުގައި ފުރުސަތު ނުދޭކަމަށްވަންޏާ އެ އަމާނަތެއް އަދައެއް ނުކުރެވޭނެކަމަށް ތަކުރާރުކޮށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ރައީސް ޒިންމާ އަދާކުރައްވަމުންދަނީ އިހުލާސްތެރިކަމާއި މުރާލި ކަމާއި ވަރަށް ތެދުވެރިކަމާއި އެކީގައިކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާލުވީ ކޮންމެ ރައްްޔިތަކަކީ ރައީސްގެ ކުރިފުޅުމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާއި މަޖިލިހުގެ ޖުމްލަ މެމްބަރުން ގުނުމުގައި އަމަލު ކުރާނެ ގޮތާ މެދު ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅަމުންދާކަމަށް ވިދާޅުވެފައެވެ.

"މި މަސައްކަތް ފެއްޓެވީމަ އަޅުގަނޑުމެންނަށް ފެނިގެން ދަނީ ދިވެހި ރައްޔިތުންގެ ކުރިމަަގަށް ބަޔަކު ހުރަސް އަޅަން އުޅޭކަން، ދިވެހި ރައްޔިތުންގެ އިހުސާސްތަކަށް ބަޔަކު ފުރައްސާރަ ކުރާކަން، ދިވެހި ރައްޔިތުންގެ ނިންމުން ބަޔަކު ބޮލާލާ ޖަހަން އުޅޭތަން، މިއީކީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފްކޮށް ބުނެފައި.އެހެންކަމުން ރަައީސް ޑރ. މުއިއްޒަށް ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ފުރުސަތު ހޯދާ ދިނުމަށްޓަކައި މަޖިލީސް އިންތިހާބު ތަނަވަސް އައުލަބިއްޔަތެއް ހޯއްދަވާ ދެއްވާ". ރައީސްޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އޮތްގޮތް ސިފަކޮށްދެއްވަމުން އަބުދުއްރަހީމް ވިދާޅުވީ ދިވެހި މާލިއްޔަތުގައި ހުރީ ހުސް ތޮށިގަނޑެއް ކަމަށާއި، ތިޖުރީއެއް ހުރިނަމަ ހުރީ ހުސް ތިޖޫރިއެއް ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ފައްކާވެފައިއޮތްއިރު މަޖިލީހުން ބޭނުންނަމަ ރައީސްގެ ހަތަރެސްފައިވެސް ބަދެވޭ ވަރަށް ބާރު ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުއް ނުކުރެވޭ ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުމެފައި ހުންނަ ރައީސަކަށް ދުއްތުރާ ކުރުމުގެ ފުުރުސަތު ބަޔަކަށް އޮންނަން ވާނެ ކަމަށް، އެހެެންވީމަ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އައުލަބިއްޔަތެއް ބޭނުންވަނީ، ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ސްޕީޑްގައި ބޭނުންވާ ތަރައްގީ ގެނެސް ދިނުމަށްޓަކައި އާ ގާނޫނުތަކަށް އެބަ ޖެހޭ ވުޖޫދަށް ގެންނަން. މިކަންކަން ކުރެވޭނީ ސަރުކާރަށް މަޖިލީހުގެ އައުލަބިއްުޔަތު ލިބިގެން ކަމަށާއި، ރިޔާސީ ނިޒާމުގައި ރައިސްއަށް ހަތަރެސްފައި ބަދެވޭ ގޮތަށް އޮތް އޮތުމަކީ ބުއްދީގެ ހަމައިން ބަލާއިރު ހަމަޖެހޭ ކަމެއް ނޫން .ރައީސުލްޖުމްހޫރިއްޔާ ކޮޓަރިއަކަށް ލާފައި ތިތަނުން ނުނިކުމެ ހުންނާށޭ ބުނެވޭ ގޮތަށް ގާނޫނުތައް ހުރުމަކީ އެއީ މާދަމާއަށްޓަކައި ވިސްނާއިރު އެއްގޮތަކަށްވެސް ހަމަޖެހޭ އުސޫލެއް ކަމަށް ގަބޫލެއް ނުކުރެވޭ." ރައީސްޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުން ބޭނުންވާ ބާރު ދުވެލީގައި ހިދުމަތް ދިނުމަށްޓަކައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ބޭނުންވާކަމަށް އަބުދުއްރަހީމް ވިދާޅުވިއިރު މިހާރު މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރަނީ އިދިކޮޅު އެމްޑީޕީންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay