
ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރުން--- ފޮޓޯ: ރައީސް އޮފީސް
ތިނަދޫ އެއާރޕޯޓް ހަވާލުކުރީ ތައިލެންޑް ކުންފުންޏަކަށް، ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ!

ޝުރުފާ މުހައްމަދު - 20 ފެބްރުއަރީ 2024 - 17:46
ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރަނީ ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރާ ގޮތަށް ނޫން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްެޖެއެވެ.
ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ދެކުނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ތައިލެންޑުގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގެވެ.
މި އެއްބަސްވުމުގެ ދަށުން ތިނަދޫ ފަޅު ހިއްކައި އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކުރުމަށް ހަވާލުކޮށްފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި އެއާޕޯޓުގައި ފަތުރުވެރިން ޝައުގުވެރިވާނެ ގޮތަށް އޯވަރ ވޯޓަރ ޓަރމިނަލް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ނޫން ވެސް ތަފާތު އެކި ފެސިލިޓީތައް ގާއިމްކުރާއިރު، އޭގެ ތެރޭގައި އެކްސްކްލޫސިވް ސީޕްލޭން ޓަރމިނަލް، ޖެޓް ޓަރމިނަލް، ލަގްޒަރީ ޔޮޓް މެރީނާ، ފްލައިޓް ޕޫލެއް ގާއިމްކޮށް ސާވިސްކޮށްދޭނެ، އަދި ފިއުލް ލިބޭނެ އިންތިޒާމުތަކުގެ އިތުރަށް ޑައިވަރުންނަށް ޑީކޮމްޕްރެޝަން ޔުނިޓާއި، ޑިއުޓީ ފްރީ އަދި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ލިބޭނެ އެވެ.
ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރުން--- ފޮޓޯ: ރައީސް އޮފީސް
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކުރުމާއި އެކު، އެ އެއާޕޯޓް ވެގެންދާނީ ރާއްޖޭގެ ދެކުނުގައި ހުންނަ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއާޕޯޓުގް ޕްލޭނާއި ކޮންސެޕްޓަށް ބަލާއިރު، އެތަނަކީ ރާއްޖޭގައި ވެސް ހުންނާނެ އެންމެ ހިތްގައިމު އަދި ތަފާތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެގެންދާނެއެވެ.
ތިނަދޫ އެއާޕޯޓާއި އެކު ހުވަދޫ އަތޮޅުގައި 4 އެއާޕޯޓް އަދި ގދ. ގައި ޖުމްލަ 3 އެއާޕޯޓް ގާއިމްވެގެންދާނެއެވެ. އެއީ ދާދި ފަހުން ފަރެސްމާތޮޑާގައި ހުޅުވި ޑޮމެސްޓިކް އެއާޕޯޓާއި، ކާނޑެއްދޫ އެއާޕޯޓެވެ. މިވަގުތު ތިނަދޫ އާއި އެންމެ ގާތުގައި އޮންނަނީ ކާނޑެއްދޫ އެއާޕޯޓް ކަމަށްވާއިރު، އެއީ ޒަމާންތަކެއް ވަންދެން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި، ފެންވަރު ދަށް އެއާޕޯޓެކެވެ.
ތިނަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ގާއިމްކުރަން ކުންފުންޏަކާ ހަވާލުކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވީ ތިނަދޫ އާއި ކާނޑެއްދޫ ގުޅައިދިނުމަށެވެ. އަދި ކާނޑެއްދޫ އެއާޕޯޓު މަރާމާތުކޮށް، ތަރައްގީކުރުމަށެވެ. އޭގެ ބަދަލުގައި ތިނަދޫ އަށް ޒަމާނީ ފެންވަރު ރަނގަޅު އެއާޕޯޓެއް ގެނައުން ވާނީ މުޅި ސަރަހައްދަށް ވެސް އިގްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަކަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން