
ފްލައިޓް އެޓެންޑެންޓް ދުންނަ މިއުޅެނީ ކަލިނަރީ ދުނިޔެއެއްގައި!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 18 މާރިޗު 2025 - 08:50
ދުންޔާ އަޙްމަދު (ދުންނަ) ގިނަ ބަޔަކަށް އެނގޭނީ އޭނާ ދެކޭ ގޮތުގައި ބިއުޓީޝަނެއް ނުވަތަ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައެވެ. މަދަރުސީ ހަޔާތް ނިންމާލުމަށްފަހު، އޭނާގެ މަސައްކަތްތެރި ދިރިއުޅުމުގެ އަލަތު ތިން އަހަރު ވޭތުކުރީ ޒީ ސެލޫންގެ ބިއުޓީޝަނެއްގެ ގޮތުގައެވެ. ފަހުން ފަލައިޓް އެޓެންޑެންޓް ނުވަތަ ކެބިން ކުރޫގެ ވަޒީފާއަށް ބަދަލުވަންދެން އޭނާ މަސައްކަތްކުރީ ދެ ސެލޫންއެއްގެ މެނޭޖަރެއްގެ ގޮތުގައެވެ.
ދުންނަ ކިޔައިދިން ގޮތުގައި އޭނާ ވަނީ ނުވަ އަހަރު ފަލައިޓް އެޓެންޑެންޓް ނުވަތަ ކެބިން ކުރޫއެއްގެ ގޮތުގައި ވިލާ އެއަރގެ ފްލައިމީގައި ވަޒީފާ އަދާކޮށްފައެވެ. މަތިންދާ ބޯޓުގައި ތަފާތު ތަޖުރިބާތަކެއް ކުރި މިޒުވާނާ ވަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތަކުގެ ތަޖުރިބާވެސް ކޮށްފައެވެ. ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި ރާއްޖޭން ބޭރަށް މާގިނަ ފްލައިޓްތަކެއް ނޭޅި ނަމަވެސް، ރާއްޖޭން ބޭރަށް ގިނަ ދަތުރުތަކެެއްކޮށް، ތަފާތު ގައުމުތަކުގެ ޘަގާފަތާއި އާދަކާތަ އަދި ދިރިއުޅުމުގެ ވަށްޓަފާޅި ތަޖުރިބާކޮށްފައިވެއެވެ. ފްލައިޓް ކެރިއާގައި އޭނާގެ ގިނަ ދަތުރުތަކަކީ އުފަން ގައުމުގެ ޖަޒީރާ ރަށްތަކަށް ކުރި ދަތުރުތަކެވެ.
ޒިދާންއާއެކު ކޯވަރެއް ޕްރޮގުރާމްގައި "ދުންނަ" --- ފޮޓޯ: ފަހުދު / އަސްލު ޓީވީ
ފްލައިމީގެ ކެބިން ކުރޫގެ ވަޒީފާއިން ވަކިވެ، ވަގުތީ ގޮތުން އެ ކެރިއާއާ ދުރުގައި ހުރި ދުންނަ މިހާރު އުޅެނީ ކެލިނަރީގެ ދުނިޔޭގައެވެ. މަދަރުސީ ދައުރުން ފެށިގެންވެސް އޭނާއަކީ އެކުއުޅޭ އެންމެގެ ތެރެއިން ކާއެއްޗެހީގެ ކަންކަމުގައި އެންމެ ކުރީގައި އުޅޭ މީހާއެވެ. ސްކޫލްގައި މަޖާގަނޑެއް ހަދާލަން އޭނާ ގެންދިޔަ ރިހާކުރުފުޅިއެއް ދަބަސްތެރެއަށް ބަންޑުންވި ހަނދާން އޭނާ ހިއްސާކުރަނީ ކާއެއްޗެހީގެ ދުނިޔޭގައި އޭރުވެސް އުޅެވުނު މިންވަރު ބުނެދިނުމުގެ ގޮތުންނެވެ.
މިހާރު ދުންނަގެ ކަމަކީ އިންސްޓަރގްރާމް ޕޭޖެއް މެދުވެރިކޮށް ފޮނިކާތަކެތި ވިއްކުމެވެ. ގިނަ ބަޔަކަށް ނޭނގުނަސް އޭނާއަކީ ބްރައުނީ ބަރސްގެ ފަހަތުގައި ހުރި ފަންނުވެރިޔާއެވެ.
މިރަމަޟާންމަހު އަސްލު ޓީވީން ގެނެސްދޭން ފެށި "ޒިދާންއާއެކު ކޯވަރެެއް" ޓީވީ ޕްރޮގުރާމްގެ ދެވަނަ ސީޒަންގެ ދެވަނަ އެޕިސޯޑްގައި ގެސްޓެއްގެ ގޮތުން ބައިވެރިވެ "ދުންނަ" ގެ ވާހަކަ ބެލުންތެރިންނަށް ވަނީ ހިއްސާކޮށްފައެވެ. އޭނާގެ ޒުވާން ޖޯޝުގައި މިވާހަކަތައް ހިއްސާކުރީ ގްރީން ޒޯންގެ ކޯވަރަކާއެކުއެވެ.
ތިރީގައި މި ހިއްސާކުރަނީ "ދުންނަ" އާއެކު ކުރިއަށް ގެންދިޔަ "ޒިދާންއާއެކު ކޯވަރެެއް"ގެ މިހިނގާ ސީޒަންގެ ދެވަނަ ޝޯއެވެ.

#Koavareh | #Koavareh | By Aslu TV
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން