logo

ޕީއެންސީއަށް ވަދެފައި އެޗްއާރަށް އަންގަން ބުނި ސްޓެލްކޯ މުވައްޒަފު ސަސްޕެންޑްކޮށްފި

profile

ރިޟްވާން މޫސާ - 03 ސެޕްޓެމްބަރު 2026 - 10:01

ޕީއެންސީ އަށް ވަނުމަށާއި، ޕީއެންސީ އަށް ވަދެފައިވާ ކަން އޮފީހުގެ އެޗްއާރަށް ސްކްރީޝޮޓް ފޮނުވަން ބުނި މުއައްޒަފަކު ވަޒީފާ އިން އެކަހެރިކޮށްފި އެވެ.

https://wamco.com.mv/

މީޑިޔާއެއްގައި މިއަދު ގެނެސް ދިން ލައިވް ޕްރޮގްރާމްގައި ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުގެ ލޭންޑް ލައިނަށް ގުޅައި، ޕީއެންސީއަށް ސޮއި ކުރުމަށްފަހު، އެ ސްކްރީންޝޮޓު ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކޮށްފައިވެ އެވެ. އެ ފޯން ކޯލްގައި ސުވާލުކޮށޤފައިވަނީ ކޮން މީޑިޔާ އަކުން ކާކުކަމެއް ބުނެފަ އެއް ނުވެ އެވެ.

ސްޓެލްކޯގެ އެޗްއާރުން ފޯން ނެގި އަންހެން މީހާ ބުނެފައިވަނީ މުއައްޒަފު މީހާ އީފާސް މެދުވެރިކޮށް ޕީއެންސީ އަށް ވަނުމަށްފަހު ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނަ މައުލޫމާތުތައް ފެންނާނެހެން ސްކްރީޝޮޓް ސްޓެލްކޯ އެޗްއާރު ނަންބަރަށް ފޮނުވުމަށެވެ.

މި ފޯން ކޯލާ ގުޅިގެން ސްޓެލްކޯ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށް، އެކަމުގައި ތުހުމަތު ކުރެވޭ މުވައްޒަފު، ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ބެލުމަށް ފަހު ކުންފުނީގެ ގަވައިދުގެ ދަށުން އަޅަން ޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅަމުންދާނެ ކަމަށް ސްޓެލްކޯގެ ޕޯސްޓުގައިވެއެވެ. ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ފެންވަރު ރަނގަޅު ހިދުމަތެއް އަބަދުމެ ފޯރުކޮށްދިނުން ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

ސްޓެލްކޯ އިން ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ގައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާއެވެ.

https://wamco.com.mv/
tel:+9607331319