
ނޭޕާލުން 1130 މީހެއްގެ ހަށިގަނޑު ފެނިއްޖެ! އަދިވެސް 3916 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ!

ރިޟްވާން މޫސާ - 03 ސެޕްޓެމްބަރު 2026 - 11:44
ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާގެ ސަރަޙައްދަށް ވޭތުވެދިޔަ ހަފުތާގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރައި، 4,500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަން ރަސްމީ އިދާރާތަކުން ދައްކައިފި އެވެ.
ނޭޕާލުގެ ފެންބޮޑުވުމުގެ މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވީ އަންގާރަ ދުވަހުގަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވެފައިވާ ކަމަށް ރިޕޯރޓް ކޮށްފައިވަނީ އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.
ނޭޕާލުގެ ރަސްމީ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، އޮގަސްޓު މަހުގެ 26 ވީ އަންގާރަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން މިހާތަނަށް 1,114 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މީގެއިތުރުން 292 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 3,916 މީހަކު އަދިވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
ފެންބޮޑުވި ސަރަޙައްދުތަކުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ގެއްލުނު މީހުން ހޯދުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ހިމެނޭހެން، ސަލާމަތީ ޚިދުމަތްތަކުގެ 21,000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ނުރައްކާތެރި ޤުދުރަތީ ކާރިސާގެ ސަބަބުން ނޭޕާލުގެ 1.6 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


