logo

ނިމިދިޔަ މަހު އެކަނިވެސް 1.9 މިލިއަން ރުފިޔާ ސްކޭމްގެ ގޮތުގައި ރައްޔިތުންގެ އަތުން ގެއްލިއްޖެ!

profile

ރިޟްވާން މޫސާ - 03 ސެޕްޓެމްބަރު 2026 - 12:33

ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސްކޭމްގެ ބޮޑެތި މައްސަލަ ތަކާއެކު 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހި ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަމަށް ރިޕޯރޓް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

https://wamco.com.mv/

އޮގަސްޓް މަހުގެ ތެރޭގައި އެކިކަހަލަ އޮޅުވާލުންތަކާއި ސްކޭމްތަކުގެ މައްސަލަތަކުގައި އާންމުންގެ އަތުން ދެ މިލިއަނާއި ގާތްކުރާ އަދަދަކަށް ފައިސާ ގެއްލިފައިވާއިރު ފުލުހުން ވަނީ މި މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު ސްކޭމްގެ ޖުމްލަ 184 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން 1,129,106.87 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ، ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށެވެ.

މީގެއިތުރުން އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯން ކޯލު އަދި ފިޝިންގ ލިންކުތަކަކީވެސް ސްކޭމްކުރުމަށް އާއްމުކޮށް ބޭނުންކުރާ މަންސަތަކުގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވާ މަންސަތަކެކެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައް ކަމަށެވެ. މިފަދަ 79 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. ދެން އެންމެ ގިނައީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށްބުނެ ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކެވެ. މީގެ 43 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 20 މައްސަލައެއްގެ އިތުރުން ދަންނަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ފައިސާ ހޯދި 18 މައްސަލައަކާއި، އަންއޮތޮރައިޒްޑް ޓްރާންސެކްޝަންގެ 12 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 12 މައްސަލަވެސް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319